މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިންޓަނެޓް

ޙައްޖުދުވަހާއި ބައްދަލުވީތީ އުފާކުރާށެވެ. ހެޔޮަކަން ޣަނީމާކުރާށެވެ.

މުޅި އިސްލާމީ އުއްމަތް އެދުވަސްވަރަކަށް އެންމެ އިންތިޒާރުކުރާ އެއްދުވަސްވަރަކީ ޙައްޖުމަހުގެ ދުވަސްތަކެވެ. އަދި ވަކިން ހާއްޞަކޮށް ޙައްޖުމަހުގެ ފުރަތަމަ ދުވަސްތަކެވެ. ވަކިން ހާއްޞަކޮށް ހައްޖުމަހުގެ 9 ވަނަ ދުވަސް ނުވަތަ ޢަރަފާތްދުވަހަކީ ހާއްޞަކަން ފުރިގެންވާ ދުވަހެކެވެ.

މިދުވަސް ހާއްޞަވާ ސަބަބުތަކުގެ ތެރޭގައި ޢަރަފާތްދުވަހަކީ ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވުނު މާތްވެގެންވާ " އިސްލާމްދީން ފުރިހަމަކުރެއްވުނުކަން އިޢުލާންކުރެވިގެންދިޔަ ދުވަސްކަމަށްވުމާއި، އެދުވަހުގެ ކުރެވޭ ދުޢާގެ ހެޔޮކަން އިތުރުވެގެންވުމާއި، ޙައްޖުވެރިން ޢަރަފާތުބިމުގައި ތިބޭ ވަގުތުކަމަށްވުމާއި އެދުވަހަކީ މާތް ﷲ އެކަލާނގެ އަޅުތަކުންނާއި ކުށްތަންވެ ވޮޑިގެންވާ ދުވަސްކަމާއި އެންމެ ގިނަ ބަޔަކު އެއްދުވަހެއްގައި ނަރަކައިން މުއްތިކުރެވޭނެ ދުވަހަކީ އެދުވަސްކަމަށް ވީތީއެވެ. "

އަދި ހަމަ އެއާއިއެކު "އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަހިފުމަކީ މޮޅުއިތުރުވެގެންވާ ކަމެކެވެ. އުފާކުރައްވާށެވެ. ޤަޟާ ރޯދަ ހިފުމަށް ޖެހިފައިވާ ފަރާތްތަކުންވެސް ޤަޟާ ރޯދަހިފުމުން ޢަރަފާތްދުވަހުގެ ރޯދަހިފުމުގެ ހެޔޮކަން ލިބޭނެކަމުގެ އުއްމީދުބޮޑުކަމުގައިވެސް ޢިލްމުވެރިން އުއްމީދުކުރައްވާ ކަމުގައިވެއެވެ." 

އެހެންކަމުން މިފަދަމާތް ދުވަސްތަކުގެ ބަރާކާތާއި ހެޔޮކަން ލިބިގަތުމަށް އަވަސްވެގަންނާށެވެ. ކުޑަނަމަވެސް ހެޔޮކަމެއް ކުރާށެވެ. އިސްތިޣުފާރުކުރުން ގިނަކުރާށެވެ. އެގޮތުން لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ މިދުޢާކިޔުން ގިނަކުރާށެވެ. ޙައިޟުވެރީންނާއި ރޯދަ ހިފުމުގެ ކުުޅަދާނަކަން ލިބިގެންނުވާނަމަ މިފަދަ ދުޢާތަކުން ހެޔޮކަން އިތުރުކުރުމުގެ ދޮރުހުޅުވާކަމީ ﷲގެ ރަޙުމަތްނޫންތޯއެވެ.


ރިފަރެންސް:  http://www.jamiyyathsalaf.com/2080/ 

އަޙްމަދު ޝަރީފް

Ahmed Shareef

އަޙުމަދު ޝަރީފަކީ ފައިނު ސްކޫލްގައި ވަޒީފާ ޢަދާ ކުރަމުންގެންދާ މުދައްރިސެކެވެ. އަދި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ރަށު ފެންވަރުގައި އިސްވެ އުޅުއްވާ ފަރާތެކެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ