މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިންޓަނެޓް

އިިސްލާމްދީން ފުރިހަމަކުރެއްވިކަން އިޢުލާންވެގެންދިޔައީ ޙައްޖަތުލްވަދާާއުގެ ޚުޠުބާގައި - ޚުތުބާ

މިއަދަކީ މުސްލިމުންތަކުންނަށް ﷲގެ ރަޙްމަތާއި ފަޟްލުވަންތަކަމުން ދެޢީދު އެކުވި އުފާވެރި ހުކުރުދުވަހެވެ. ޢަޟްޙާޢީދާއި ހަފްތާގެ ޢީދުކަމުގައިވާ ހުކުރުދުވަސް އެއްދުވަހަކަށް ބައްދަލުވި އުފާވެރި ދުވަހެވެ. އެހެންކަމުން މިއަދު ހުކުރު ޚުތުބާގައި އަލިއަޅުއްވާލައިފައިވާ ކަންކަމަށް ހުލާސާކޮށް ތިޔަކިޔުންތެރީންނާއި ހިއްސާކޮށްލުމަކީ ލިބޭ އުފަލެއްކަމުގައި ދެކެމެވެ. އަދި އެކަމުގެ ހެޔޮ އަޖުރު ﷲގެ ޙަޟްރަތުން އެދެމެވެ. މިއަދު ޚުތުބާ ފެއްޓެވުމުގެގޮތުން ޙަމްދު ޞަލާވާތާއި ތަޤްވާވެރިވުމަށް ވަޞިއްޔަތްކުރެއްވުމަށްފަހު ބަޔާންކޮށްފައިވަނީ މިދިވެހި އުއްމަތަށް ޢިއްޒަތާއި ޤަދަރު ލިބިގެންދިޔައީ އިސްލާމްދީނުގެ ސަބަބުންކުގައެވެ. އަދި މިދީން ފުރިހަވެގެން ދިޔައީ ހޭދަކުރަމުންމިދާ ﷲ ޙުރުމަތްތެރިކުރެއްވި މަސްތަކުގެ ތެރެއިން ޙައްޖުމަހުގެ 9ވަނަ ދުވަހެއްގައެވެ. އެކަން ބަޔާންކުރައްވާ ﷲގެ ވަހީބަސްފުޅު ބާވާލެއްވިގެން ދިޔައީ ކީރިތިމާތްނަބިއްޔާ ހަޔާތްޕުޅުގައި ކުރެއްވި އެންމެ ފަހު ޙައްޖުގެ އަޅުކަން އަދާކުރައްވަމުން ގެންދަވަނިކޮށެވެ.

ކީރިތިމާތްނަބިއްޔާ މުޅި އިސްލާމީ އުއްމަތަށް މުޙާޠަބުކުރެއްވި "ޙައްޖަތުލްވަދާޢު"ގެ ޚުޠުބާ އަޑުއައްސަވާ ދުނިޔޭގެ ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނަށް ފޯރުކޮށްދީ ޤިޔަމާތާއި ހަމަޔަށް ދާންދެން އެބަސްފުޅުތައް ފޯރުކޮށްދިނުމުގެ ޝައޫޤުގައި ދޮޅުލައްކައެއްހައި މުސްލިމުން ބައިވެރިވިއެވެ. އެއީ އެޒަމާނުގައިނަމަ ވަރަށް ބޮޑު ޢަދަދެކެވެ. އެދުވަހުގެ ޚުޠުބާވެގެންދިޔައީ އިސްލާމީދީނުގެ އެންމެހައި އުޞޫލުތަކާއި ޤަވާއިދުތައް އަދި ދީނުގެ އަޚްލާޤިއްޔާތުތައް ބުނެދެއްވާ، ޤުރްއާނާއި ސުންނަތުގައި ހިފުމަށް އަމުރުކުރެވިގެންދިޔަ އަސަރުންފުރިގެންވާ ޚުޠުބާއަކަށެވެ. އެ ބަރާކާތްތެރިދޫފުޅުން އަސަރުންފުރިގެންވާ ޙާލުދެއްވި އެޚުޠުބާގެ ބައެއްކަންކަމަށްވަނީ މިއަދުގެ ޚުޠުބާގައިވެސް އަލިއަޅުއްވާލައިފައެވެ. އެގޮތުން ކީރިތިމާތްނަބިއްޔާ އެދުވަހު ހަނދާންކޮށްދެއްވި ކަންކަމަށް ބަލައިލާއިރު؛

ތިޔަބައިމީހުންގެ ބައްޕައަކީ އެއްބައްޕައެއްކަން
ޢަރަތްބަކަށް ޢަޖަމީއެއް ( ޢަރަބިނޫން މީހެއް)ގެ މައްޗަކަށް މޮޅެއްނެތްކަން. އަދި ޢަޖަމީއަކަށް ޢަރަބީންގެ މައްޗަށް މޮޅުކަމެއްނެތްކަން.

ދޮންމީހަކަށް ކަޅުމީހެއްގެ މައްޗަށްމޮޅުކަމެއްނެތްކަން އަދި ކަޅުމީހަކަށް ދޮންމީހެއްގެ މައްޗަށް މޮޅުކަމެއްނެތްކަން
މީހެއްގެ ޤަދަރުއުފުލި މޮޅުވާނީ ތަޤްވާވެރިކަމުން އެކަނިކަން
އިންސާނުންގެ ފުރާނަޔާއި ޢަބުރާއި މުދަލަކީ ޙުރުމަތްތެރިކުރައްވާފައިވާ އެއްޗެއްކަން.

ﷲ ޙާއްދުތަކެއް ކަނޑައަޅުއްވާފައިވާކަން ދަނެ އެޙައްދުތައް ނުކެނޑުން

ﷲ ފަރްޟްކުރެއްވި ކަންތައްތަކެއްވާކަންދަނެ އެކަންކަން ފުރިހަމައަށް އަދާކުރުން

ހުރިހާ މުންކަރާތެއްވަނީ މަނާކުރެއްވިގެންކަމާއި އެކަންކަމާއި ގާތްނުވުން.

ދެ އެއްޗެއްގައި ހިފައިނަމަ ދުވަހަކުވެސް މަގުފުރެދިގެންނުދާނެ ދެއެއްޗެއްކަމުގައި ކީރިތި ޤްރްއާނާއި ސުންނަތްކަން.

ދެމަފިރިންގެ ޙައްޤުތައް ބަޔާންކޮށްދެއްވާފައިވާކަން. 

އަދި ހަމަމިއަދު ޚުޠުބާގައި އިސްލާމްދީނަކީ ޢަލަމީ ރިސާލަތެއްކަންވެސްވަނީ ބަޔާންކުރައްވާފައެވެ. އަދި ހަމައެއާއިއެކު އިންސާނަކަށްވީތީ ހަމަހަމަ ފުރުޞަތެއް އިސްލާމްދީނުގައި ދީފައިވާކަމާއި އިންސާނީ އިޙްސާސްތަކުގެ ކުރިމަތީގައި އިސްލާމީ ތިލަފަތް ހަމަހަމަކަމާއި ނިސްބަތްވާ ޢާއިލާ، ޤައުމު، ކުލަ، ނުވަތަ މަޤާމްފަދަ ކަންކަމަކީ ދީނުގައި އެއްވެސް ބުރަދަނެއްހުރި އެއްޗެއްނޫންކަންވަނީ ހަނދާންކޮށްދީފައެވެ. މީގެ އިތުރުންވެސް މިފަދަ އިންސާނީ ޙައްޤޭ ޢަދުލުވެރިކަމޭ ގޮވޭ ޒަމާނެއްގައި އިންސާނާގެ އެންމެ މުޙިއްމު ދެ އަސާސީ ޙައްޤުވެސްވަނީ އިސްލާމްދީނުން ހިމާޔަތްކޮށްދީފައެވެ. އެއީ ދިރިހުރުމުގެ ޙައްޤާއި މިލްކުރުމުގެ ޙައްޤުކަމެވެ. ވީމާ، މިފަދަ ބަސްތަކުން ފިލާވަޅު ލިބިގަނެ އަހަރެމެންގެ އުޅުމާއިގުޅުންތައް އިސްލާޙްކުރަމާ ހިނގާށެވެ. ކީރިތި ނަބިއްޔާ ޙައްޖަތުލް ވަދާޢުގައި ދެއްވި ޚުޠުބާގައި މީގެ އިތުރުންވެސް ބައިވަރުކަންކަން ހިމޭނޭކަން ދަނެ އެކަންކަން އުނގެނި ދަސްކޮށް ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައި ބޭނުންކުރާށެވެ. އޭރުން އަހަރެމެންވެސް ވެގެންދާނީ މާތްނަބިއްޔާގެ މޫރިތި ސުންނަތްތައް ދިރުވާ އަލާކުރާ ބަޔަކަށެވެ. އެފަދަ މުޖުޠަމައެއް ބިނާކުރާ މުރައްބީއަކަށެވެ. 

އަޙްމަދު ޝަރީފް

Ahmed Shareef

އަޙުމަދު ޝަރީފަކީ ފައިނު ސްކޫލްގައި ވަޒީފާ ޢަދާ ކުރަމުންގެންދާ މުދައްރިސެކެވެ. އަދި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ރަށު ފެންވަރުގައި އިސްވެ އުޅުއްވާ ފަރާތެކެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ