މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިންޓަނެޓް

މައިންބަފައިންނަކީ ތިބާ ދުނިޔެއަށްއައި ޢަޞްލެވެ. ޙައްޤުތައް އަދާކޮށްދޭށެވެ. - ޚުޠުބާ

މިއަދުގެ ޚުޠުބާގައި މާތްﷲ އަހަރެމެންނަށް ޢަމުރުކުރައްވާފައިވާ އަމުރުތަކުގެ ތެރެއިން ޙާއްޞައެއް ޢަމުރާއިގުޅޭގޮތުން މިއަދު ޚުޠުބާގައި އަލިއަޅުއްވާލައްވާފިއެވެ. ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑު ޢަމަލުތަކުގެ ތެރެއިން ޢަމަލެއްގެ ވާހަކައިންނެވެ. މައިން ބަފައިންނަށް ހެޔޮކޮށްހިތައި އިޙްސާންތެރިވުމުގެ މައްޗަށެވެ. އެގޮތުން މިއަދުގެ ޚުޠުބާގައި ބާއްޖަވެރިކަމަށް މަގުދައްކާއިގޭ ފަރާތެއްކަމުގައި މައިންބަފައިންވާކަމާއި، އެއީ އޯގާތެރިކަމާއި ކުލުނުގެ ބަގީޗާއެއްކަމާއި، ﷲ ތަޢާލާގެ ޙައްޤުތައް އަދާކުރުމަށްފަހު މައިންބަފައިންގެ ޙައްޤުތައް އަދާކުރުމަށާއި، އެ މަންމައާއި ބައްޕައަކީ މުޞީބާތުން ސަލާމަތްވެ ބަރަކާތާއި ދުޢާ އިޖާބަވުމުގެ ސަބަބެއްކަމުގައިވަނީ ފާހަގަކުރައްވާފައެވެ.

ހަމަ އެފަދައިން، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ނަބިއްޔުންނާއި ޞާލިޙުންގެ ރިވެތި އާދައެއްކަމާއި، ކަންބޮޑުވުންތަކާއި ހާސްކަން ފިލައިދީ ސަބަބެއްކަމުގައްޔާއި، ހިތްހަމަޖެހުން ލިބެނިވިކަމެއްކަމުގައިވެސްވަނީ ބަޔަންކުރައްވާފައެވެ. މީގެއިތުރުންވެސް މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ހެޔޮކަން ބޮޑުޢަމަލެއްކަމާއި، ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް މަތިވެރިވެގެންވާކަމެއްކަމުގައިވެސްވަނީ ހަނދާންކޮށްދީފައެވެ.

ލޮބުވެތި ޒުވާނުންނާއި އެބައެއްގެ މައިންބަފައިން މުސްކުޅި ޙާލުގައިވާ އެންމެހައި މުސްލިމުތަކުންނޭވެ! މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް އައިސްފައިވާ ޢަމުރުފުޅަކީ ޢާއްމު އަމުރުފުޅެކެވެ. ދިރިއުޅުމުގެ މައިދާނުގައި ދިމާވާ އެކިއެކިކަމާއިހުރެ މައިންބަފައިންނަށް ބަދުބަސް ނުބުނާށެވެ. ކިޔަމަންތެރިވާށެވެ. 

އެބައިމީހުންގެ ފުށުން ނުރުހޭކަމެއް ފެނުނުކަމުގައިވީނަމަވެސް އެބައިމީހުންނަށް އޯގާތެރިކަމާއިއެކު ވިސްނައިދޭށެވެ. ނުރުހުމުގައި ކުޑަނަމަވެސް ބަހެއްވެސް ނުބުނާށެވެ. މުސްކުޅި ޢުމުރަށް އެޅުމުން ބަލާނެ ދަރިއަކުނެތި މަގުމަތިވުމާއި ކޮންމެވެސް އެހެންބައެއްގެ ހަވާލުގައި ބަހައްޓާކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ. 

އެދެމީހުންގެ ޙައްޤުގައި އުމުރު ފަނާކޮށްލަންވެސް ތައްޔާރުވާށެވެ. އެދެމީހުން ދުނިޔޭގައި ތިބިވަގުތު އެދެމީހުންނަށް މުސާރައިންނާއި އެޖޫރައިން ބައެއްދިން ފަދައިން  އެދެމީހުން މުސްކުޅި އުމުރަށް އަރާފިނަމަ އެދެމީހުންގެ ދަރަނިތަކާއި ވަޞިއްޔަތްތައް ނޯޓްކޮށް ބަލަހައްޓާއި އެޙައްޤުވެރިންނަށް ދިނުމުގައި ތިބާ އިސްވެއުޅޭށެވެ. މަންމަ ނުވަތަ ބައްޕަ ނުވަތަ ދެމީހުން އެކުގައި ބަލަން ޖެހިގެން ޝަކުވާ ނުކުރާށެވެ. އެއީ ތިމާގެ މަންމައާއި ބައްޕައެވެ. 

ދަންނާށެވެ! މަންމައާއި ބައްޕަ ނުވަތަ އެދެމީހުންކުރެ އެކަކުވެސް ﷲގެ ޢަމުރުފުޅަކާއި ޚިލާފަށް ޢަމަލުކުރާނަމަ ކިޔަމަންތެރިވުމެއް ނެތެވެ. ނަމަވެސް އޯގާތެރިވާށެވެ. އެއީ ރިޒުޤުތަނަވަސްވުމާއި ޢުމުރުގައި ބަރަކާތްލެއްވުށް އެދޭނަމައެވެ. އެދެމީހުން ނުވަތަ އެދެމީހުންކުރެ އެކަކުވެސް ގައިބާރުދެރަވެ މުސްކުޅި އުމުރަށް އެޅުމަށްފަހުގައި އެމީހުނަށް ހެޔޮކޮށްހިތައި އެމީހުންނަށްޓަކައި ވަގުތުހޭދަނުކުރެވޭ މީހާއަކީ އަބާއްޖަވެރިއެކެވެ. މިކަން ނަބަވީ ބަސްފުޅުތަކުން އެނގިހާމަވެއެވެ. އަދި އެފަދައިން ކަންތައްކޮށްފިނަމަ ތިމާއާއިމެދުގައިވެސް އެފަދައިން ކަންކަން ވެގެންދާނެކަމީ ޢިލްމުވެރިން ވިދާޅުވެދެއްވާ ބަސްފުޅުތަކެކެވެ. އަދި އެދެމީހުން ނުވަތަ އެދެމީހުންކުރެ އެކަކުވެސް ދުނިޔެދޫކޮށްފިނަމަ އެމީހުންގެ ޙައްޤުގައި އެމީހުންނަށް ހެޔޮފޯރުކޮށްދިނުމުގެގޮތުން އެދެމީހުންގެމަތިން ޞަދަޤާތްކޮށް، އެމީހުންގެ ގާތްތިމާގެ މީހުންނާއި ގުޅުންޤާއިމްކޮށް، ރަޙިމުގެގުޅުން ދަމަހައްޓާ، އެމީހުންގެ ގާތް ރަޙްމަތްތެރިންނަށް ހެޔޮކޮށްހިތާށެވެ. 
މިފަދައިން ކަންތައްކުރަންވީ އެއީ ތިބާ ދުނިޔެއަށް އައި ސަބަބުކަމަށް އެމަންމައާއި ބައްޕަވީތީއެވެ. 

އަޙްމަދު ޝަރީފް

Ahmed Shareef

އަޙުމަދު ޝަރީފަކީ ފައިނު ސްކޫލްގައި ވަޒީފާ ޢަދާ ކުރަމުންގެންދާ މުދައްރިސެކެވެ. އަދި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ރަށު ފެންވަރުގައި އިސްވެ އުޅުއްވާ ފަރާތެކެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ