މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އެމްޓީސީސީ

އުނގޫފާރު މަގުހެދުމުގެ މަސައްކަތް އަލުން ފަށައިފި

އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް އަލުން ފަށައިފިއެވެ.

މިމަޝްރޫޢު ކުރިޔަށް ގެންދިޔުމަށް ސަރުކާރުން ހަވާލުކޮށްފައިވާ އެމް.ޓީ.ސި.ސީން ބުނެފައިވަނީ، ރ. އުނގޫފާރު މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން، މި މަޝްރޫޢުއަށް ބޭނުންވާ ހޮޅިވަޅުލުމުގެ މަސައްކަތް ކުރިއަށް އެބަދާ ކަމަށެވެ. މި މަޝްރޫޢުގެ ތެރެއިން ރ. އުނގޫފާރުގެ 13 މަގެއްގެ ދުއްވޭ ސަރަހައްދުގެ ގޮތުގައި 16،488 ސްކުއެއާ މީޓަރު ގާއިމްކުރެވޭނެ ކަމަށާއި އަދި މަގުތަކުގައި ފެން ހިންދާ ނިޒާމެއް ގާއިމްކުރުމާއި، ސައިޑް ވޯކް ހެދުމާއި، މަގު  ބައްތި ހަރުކުރުމާއި މަގުގައި ރޯޑް ސައިންސް ލުން މި މަޝްރޫޢުގައި ހިމެނޭ ކަމަށެވެ. 

އުނގޫފާރު މަގު ހެދުމުގެ މަޝްރޫޢަކީ ކުރީ ސަރުކާރުންވެސް ފެށި މަޝްރޫޢުއެކެވެ. ނަމަވެސް އެމަސައްކަތް ހުއްޓިފައި އޮތުމަށްފަހު މިސަރުކާރުން މިވަނީ މިމަސައްކަތް އަލުން ފަށާފައެވެ. މި މަޝްރޫއުއަށް ޙަރަދުވާނެ ކަމަށް ލަފާކުރެވެނީ 28.66 މިލިއަން ރުފިޔާ ކަމަށް އެމް.ޓީ.ސީ.ސީން ބުނެއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ