މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިސްމާޢީލް ޝަފީޢު

ދިރާސީ އަހަރުގެ ފުރަތަމަ ޓާމް ކިޔެވުން ޑިސެމްބަރުގައި ނިމޭގޮތަށް ހަމަޖައްސައިފި

މިއަހަރުގެ ދިރާސީ އަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ޑިސެމްބަރު މަހުގެ ތެރޭގައި ނިމޭގޮތަށް އެޑިޔުކޭޝަން މިނިސްޓްރީން ކަނޑައަޅައިފިއެވެ.

އެކަޑެމިކް ކަލަންޑަރު މުރާޖާ ކުރުމަށްފަހު މިއަދު އާންމު ކޮށްފައިވާ ކަލަންޑަރުގައި ހިމަނާފައިވާގޮތުން، އައިއޭއެލް، އޭއެލް އަދި އެޗްއެސްސީ އިމްތިހާނު އޮންނާނީ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އަދި ގުރޭޑް 12 ގައި ކިޔަވާ ދަރިވަރުންގެ މޮކް އިމްތިޙާނުތައް އޮންނާނީ ސެޕްޓެމްބަރު މަހުގެ 6 އާއި 12 އާއި ދެމެދުއެވެ. ގުރޭޑް 10 ގެ ދަރިވަރުންގެ ފުރަތަމަ ޓާމްގެ އިމްތިޙާނު އޮންނާނީ އޮކްޓޯބަރ މަހުގެ 11 ވަނަ ދުވަހާއި 28 ވަނަ ދުވަހާއި ދެމެދުއެވެ. 

އެހެން ގުރޭޑްތަކުގެ ދަރިވަރުންގެ ފުރަތަމަ ޓާމް އިމްތިހާން އޮންނާއި ނޮވެމްބަރު މަހުގެ 8 އާއި 26 އާއި ދެމެދުއެވެ. ދެވަނަ ޓާމްގެ ކިޔެވުން ފެށޭނީ ޖަނަވަރީ މަހުގެ 10 ވަނަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ