މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ސަން

ފަރުދީޒިންމާގެ އިޙްސާސް ފިލައިދިޔުމަކީ އެބަޔަކަށް ދިމާވާނެ އެންމެބޮޑު އެއް މުޞީބާތް - ޚުޠުބާ

ފަރުދީ ޒިންމާގެ މަތިން ހަނދާންނެތިކޮށްލުމަކީ އިންސާނަކަށް ދުނިޔެމަތީގައި ލިބޭނެ އެންމެ ބޮޑު މުޞީބާތްކަމުގައި މިއަދުގެ ޚުތުބާގައި ހަނދާންކޮށްދީފިއެވެ. އެގޮތުން އުޑުތަކާއި ބިންތަކަށް އަދި ފަރބަދަތަކަށް އަމާނާތް ނުވަތަ ތަކްލީފް ހުށަހެލޫމުން އެތަކެތި އެޒިންމާ ނެގުމަށް މަނާވެގަތްކަމާއި ނަމަވެސް އިންސާނާވަނީ އެ ޒިންމާ ނަގާފައިވާކަން މިއަދުގެ ޚުތުބާ ފަށަމުންވެސްވަނީ ހަނދާންކޮށްދީފައެވެ. އަދި ހަމަ އެއާއިއެކު އިލާޙީ ވަޙީ ބަސްފުޅުތަކުގެ އަލީގައިވަނީ ކޮންމެ ނަފްސަކީވެސް އެމީހަކު ކުރިކަމަކާއިމެދު ޖަވާބުދާރީ ވާންޖެހޭނެ މީހެއްކަން ވިސްނުމަށް އަލުންގެނައުވާފައެވެ.

އިންސާނުންނަށް މިޙަވާލުކުރެވުނު އަމާނާތަށް ފަރުވާކުޑަކޮށް ފުރިހަމަ ޒިންމާ ނުގެގިއްޖެނަމަ އިންސާނުން ދުނިޔެއަށްފޮނުއްވުނު މަޤްޞަދު ޙާޞިލްނުވާނެކަންވަނީ ބަޔާންކޮށްދީފައެވެ. އެގޮތުން ފަރުދީ ޒިންމާގެ މަތިން ހަނދާންނެތޭ ކޮންމެ ވަގުތަކީ ޙަޔާތުގެ މިސްރާބުއޮޅި ހަމަ މަގުން ނެއްޓޭކަމެއްކަމާއި އިންސާނީ ކަރާމާތް ގެއްލިދާނެކަމާއި، ދުނިޔަވީ އަސާސްތައް ފުނޑުފުނޑުވެދާނެކަމާއި، އަޚްލާޤީ ސިފަތައް ނެތި ހިނގައިދާނެކަމާއި، މުޖުތަމަޢޔުގެ އަމާންކަން ގެއްލި ދިޔުމާއި، އިޤްތިޞާދީ އަނދަވަޅުތަކަށް ވެއްޓިދާނެކަންވެސްވަނީ ބަޔާން ކޮށްދީފައެވެ. 

ހަމަ އެއާއިއެކު އެއްވެސް މީހަކަށް އަނެކަކު ކުށްވެރިކޮށްފައި ސަލާމަތްނުވޭނެ ދުވަހެއްވާކަމާއި އެމީހަކު ކުރިކަމަކަށް ބަރީޢަވެވެން ނޯންނަ ދުވަހެއްކަމަކާއި އެދުވަހު ސުވާލުކުރެވޭނީ އެމީހެއްގެ ފަރުދީ ޒިންމާއާއިމެދުގައިކަންވެސްވަނީ ހަނދާންކޮށްދީފައެވެ. ކަން މިހެން ހުރުމުން މިދުވަހަށް ތައްޔާރުވެ ފަރުދީ ޒިންމާ އަދާކުރާ މީހަކު މިފަދަ ކަންކަން ނުކުރާނެކަންވަނީ ބުނެދީފައެވެ. އޭގެތެރޭގައި؛

  • ޣީބަ ބުނުމާއި ނެތިމޮށުން
  • އާޑަފުރައްސާރުކުރުން
  • ޖިންސީ ފުރައްސާރައާއި ޒިނޭކުރުން
  • ހަށިފޭރުން
  • އަނިޔާވެރިވުން
  • ނަހަމަގޮތުގައި މީޑިޔާތައް ބޭނުންކުރުން

މިފަދަ ކަންތައްނުކުރާންވީ ޤިޔާމަތްދުވަހުން އެކަންތައްކުރުމުގައި ޝާމިލްކުރި ގުނަވަންތައް ތިބާއާއިމެދުގައި ހެކިދޭނެތީކަމާއި އެކަމުގެ ޒިންމާ ނަގަންޖެހޭނީ ހަމައެކަނި ތިބާކަމުގައި ވާތީއެވެ. 

މި މަޢުޟޫއަށް މިއަދު އިއްވިގެންދިޔަ ޚުޠުބާގައިވެސްވަނީ މުޅިދުނިޔެ މިއަދު ތަޙައްމަލްކުރަމުންދާ ކޮވިޑް19 ގެ ޙަލާތާއިމެދު އަލިއަޅުއްވާ ލައްފާއެވެ. އެގޮތުން މިފަދަ ކަންކަމުންވެސް އަރައިގަތުމަށް ފަރުދީ ޒިންމާގެ ބޮޑުކަނވަނީ ބަޔާންކޮށްދީފައެވެ. އެގޮތުން ގައިދުރުކުރުމާއި، މާސްކުއެޅުމާއި އަތްދޮވުމާއި، ކަމާއިބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް ފުރިހަމައަށް ކިޔަމުންވުން ހިމެނެއެވެ. މިފަދައިން ކަންކަން ކުރުމަކީ ތިމާގެ ޒާތީ މިނިވަންކަން ގެއްލިދިޔުން ނޫންކަމާއި އެއީ އެހެނިހެން އިންސާނުންނާއި ތިބާގެ ރައްކާތެރިކަމަށްކަމުގައިވެސްވަނީ ނަސޭޙަތްތެރިވެފައެވެ. 

ފަރުދީ ޒިންމާގެ ތެރެއިން މުޖުތަމަޢުގައި ތިބާގެ ޒިންމާގެ ބޮޑުކަން ހާމަކޮށް ބަޔާންކޮށްފައިވަނީ އެކަކުވެސް ފަރުވާކުޑަކޮށްފިނަމަ އެކަމުގެ ހިތްދަތިކަން އެންމެ އިހްސާސްކުރަންޖެހޭނެކަމާއި އެހެންކަމުން މުޖުތަމަޢުގައި ފަރުދީ ޒިންމާ އަދާކުރުމުގައި ކުށްކުށަށް ހިތްވަރުނުދީ އެފަދަކަންކަން ހުއްޓުވުމަށް އެންމެވެސް އެކުވާންޖެހޭނެ ކަމުގައިވަނީ ބަޔާންކޮށްދީފައެވެ. އެގޮތުން ބޮޑެތި ފާފަތަކާއި ބިދޭސީންގެ މައްސަލައާއި ގޮތްނޭނގޭ ޤަތުލުތަކާއި މަސްތުވާތަކެތީގެ ވިޔަފާރިއާއި މަނީ ލޯންޑަރިންގެ ޢަމަލުތަކާއި މުންކަރާތްތައް ހުއްޓުވުމަށްވެސް ފަރުދީ ޒިންމާ އަދާކުރައްވަންޖެހޭނެކަމުގައިވަނީ ބަޔާންކުރައްވާފައެވެ. 

ޙުޠުބާ ނިއްމަވާލައްވަމުންވަނީ އިސްލާމީ ތާރީޚުން ހެކި ދެއްކުމާއިއެކު މިއަދު ޙާލަތަށް ރިޢާޔަތްކުރައްވާފައެވެ. އެގޮތުން ޙަލާލެއް ޙަރާމެއް ނުބަލާކަމާއި ރުޙުމެއް އިޛްނައެއް ހޯދުމެއް ނެތްކަމާއި މުދަލަށް އަރައިގަތުމާއި ވިޔަފާރީގައި މަކަރު ހެދުމާއި ރިބާގެ މުޢާމަލާތްތައް ހިމެނޭ ނުބެލުންފަދަ ފަރިދީގޮތުން ކުރަންޖެހޭ ކަންކަން ނުކުރެވުމުގެ ނަތީޖާ ހިތިވެދާނެކަން ހަނދާންކޮށްދީފައެވެ. 

ވީމާ، އަހަރެމެން ކޮންމެ މީހަކުވެސް ވާންވީ މިފަދަ ނަސޭޙަތްތަކުން އިބްރަތް ޙާޞިލްކޮށް އަމިއްލަ ނަފްސަށާއި އަޙްލުންނަށާއި ފަރުދުންނާއި އަފްރާދުންގެ ޙައްޤުގައި ފަރުދީ ޒިންމާ އުފުލާ ބަޔަކަށެވެ. ބާއްޖަވެރި އުފާވެރި ދުވަސްތަކެއް ފެނިގެންދާނީ އޭރުންކަމުގައި ދެކެމާތޯއެވެ.

އަޙްމަދު ޝަރީފް

Ahmed Shareef

އަޙުމަދު ޝަރީފަކީ ފައިނު ސްކޫލްގައި ވަޒީފާ ޢަދާ ކުރަމުންގެންދާ މުދައްރިސެކެވެ. އަދި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ރަށު ފެންވަރުގައި އިސްވެ އުޅުއްވާ ފަރާތެކެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ