މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ނައުޝާދު

ދިރިއުޅުން ނޫން ބޭނުންތަކަށް ބިން ދޫކުރުމުގެ ޤަވާއިދު އިސްލާހުކޮށްފި

ދިރިއުޅުން ނޫން ބޭނުންތަކަށް ބިން ދޫކުރުމުގެ ބައެއްބާރުތައް ކައުންސިލްތަކަށް ލިބޭގޮތަށް ޤަވާއިދު އިސްލާޙް ކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރއިން ގެޒެޓް ކޮށްފައިވާ ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ 
ޤަވާއިދަށް ގެނައި 2 ވަނަ އިޞްލާޙުގައި 10،000 އަކަފޫޓަށްވުރެ ބޮޑެތި ބިންތައް، މިނިސްޓްރީގެ ހުއްދައާ އެކުގައި ދޫކުރުމާއި އަދި 10 އަހަރަށްވުރެ ދިގު މުއްދަތަށް ބިން ދޫކުރުމުގައި މިނިސްޓްރީން އަދާ ކުރާ ދައުރު ކަމަށް ބަޔާންކޮށްފައިވާ އަކުރު ވަނީ އުނިކޮށްފައެވެ. 

މީގެ އިތުރުން ބީލަމަކާއި ނުލާ ދަނޑުވެރިކަމަށް ބިން ދޫކުރެވޭނެ މުއްދަތުވަނީ 3 އަހަރަށް އިތުރު ކޮށް އިސްލާޙު ކޮށްފައެވެ. 

މި އިސްލާޙުތައް ގެޒެޓް ކޮށްފައިވަނީ، 16 އޯގަސްޓް 2020 ވަނަ ދުވަހުއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ