މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: މީސްމީޑިއާ

ރ. އިންނަމާދޫ ފުޓްސަލް ދަނޑާއި ގުޅޭގޮތުން މިނިސްޓަރާއި މަޝްވަރާކޮށްފި

ރ. އިންނަމާދޫގައި މިހާރު ހަދަމުންގެންދާ ފުޓްސަލް ދަނޑުގެ މަސައްކަތްތަކާއި ގުޅޭގޮތުން ޔޫތު މިނިސްޓަރ އަޙުމަދު މަޙްލޫފް އެރަށު ޒުވާނުންނާއި ބައްދަލުކޮށް މަޝްވަރާ ކުރައްވައިފިއެވެ.

ޒުވާނުން ކައުންސިލް އިދާރާގައި މިނިސްޓަރާއި ބައްދަލު ކުރުމުގެ ތެރެއިން - ފޮޓޯ: މީސްމީޑިއާ
ވީޑިއޯ ކޯލް މެދުވެރިކޮށް މިނިސްޓަރ ވަނީ އެރަށު ފުޓްސަލް ދަނޑުގެ މަސައްކަތާއި ގުޅޭގޮތުން ޒުވާނުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވާފައެވެ. މިބައްދަލުވުމުގައި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު ޙަސަން އަޙުމަދުވެސް ބައިވެރިވެލައްވާފައިވެއެވެ. އިންނަމާދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނިމޭއިރު ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ހައްލުވެގެންދާނެކަމުގެ ޔަޤީންކަން މިނިސްޓަރވަނީ ދެއްވާފައެވެ. 

އިންނަމާދޫގައި ފުޓްސަލް ދަނޑެއް އެޅުމުގެ މަސައްކަތް ނިމިދިޔަ ސަރުކާރުގައިވެސް ފަށާފައިވެއެވެ. ނަމަވެސް އެދަނޑު އެޅުމުގައި މަގެއް ބްލޮކް ވުމާއި އެނޫންވެސް ބައެއް މައްސަލަތައް ހުރުމުން މުޅިން ނުނިމެނީސް އެމަސައްކަތްވަނީ ހުއްޓާލާފައެވެ. އޭގެފަހުން މިސަރުކާރުން ވަނީ ފުޓްސަލް ދަނޑެއް އަޅަން ފަށާފައެވެ. އެގޮތުން، މިހާރު ކުރިޔަށްދަނީ ޓާފް އެޅުމުގެ މަސައްކަތެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ