މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
އުނގޫފާރުގައި މީގެކުރިން ކުރިޔަށް ގެންދިޔަ މުބާރާތެއްގެ ތެރެއިން - ފޮޓޯ: އުނގޫފާރު ޑޮޓް ކޮމް

އުނގޫފާރު އިޖުތިމާޢީ މަރުކަޒުން ފުޓްސަލް މުބާރާތަކާއި ވޮލީ މުބާރާތެއް ފަށަނީ

އުނގޫފާރު އިޖުތިމާޢީ މަރުކަޒުން ބާއްވާ ފުޓްސަލް މުބާރާތާއި ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. 

އުނގޫފާރު އިޖުތިމާޢީ މަރުކަޒުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ފުޓްސަލް މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 2020 އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ކަމަށެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ ދެވަނަ ކެޓަގަރީގައި ރަޖިސްޓްރީ ކުރާ ޓީމްތަކަށް ކަމަށާއި ބައިވެރިވުމަށް އެދޭ ޓީމްތަކުން 2020 ސެޕްޓެމްބަރު މަހުގެ 17 ވާ ބުރާސްފަތި ދުވަހުގެ 23:00 ގެ ކުރިން ފޯމް ފުރިހަމަކޮށް ހުށަހަޅަން ޖެހޭނެކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ. އަދި މުބާރާތުގެ ޓީމް ލިސްޓްތައް ހުށަހެޅުމުގެ ފުރުޞަތު 2020 ސެޕްޓެމްބަރު މަހުގެ 26 ވާ ހޮނިހިރު ދުވަހުގެ 23:00 އަށް ހަމަވާނެކަމަށްވެސް ބުނެފައިވެއެވެ. 

އެމަރުކަޒުން އުނގޫފާރު ކަނބަލުންނަށް ޚާއްޞަކޮށްގެން މިމަހުގެ 25 ގައި ފަށާ ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެ 20 ވަނަ ދުވަހުގެ 23:00 އާއި ހަމައަށް ވަނީ ހުޅުވާލެވިފައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ