މާލެ
ފައިނު
އިމްސާކް
04:17
04:20
ފަތިސް
04:37
04:40
އިރުއަރާ
05:49
05:52
މެންދުރު
11:55
11:58
އަޞްރު
15:10
15:13
މަޣްރިބް
17:53
17:55
ޢިޝާ
19:05
19:07
މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފް ޢުމަރު ފޮޓޯ: އަވަސް

ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" މިހަފްތާގެ ޕްރޮގްރާމްގައި މެންބަރު އާދަމް ޝަރީފް

ދިވެހިރާއްޖެ އަޑުން ކުރިޔަށް ގެންދާ "އަހާށޭ ބުނާނަން" މިހަފްތާގެ ޕްރޮގްރާމްގައި މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރު އާދަމް ޝަރީފް ޢުމަރު ބައިވެރިވެލައްވާގޮތަށް ހަމަޖެހިއްޖެއެވެ.

ކޮންމެ ހޮނިހިރު ދުވަހެއްގެ ރޭގަނޑު ގެނެސްދޭ މިޕްރޮގްރާމްގައި ސުވާލު ކުރުމުގެ ފުރުޞަތު އާންމުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ. އެސް.އެމް.އެސް، ވައިބަރ އަދި ޓްވިޓަރ މެދުވެރިކޮށްވެސް ސުވާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާއިރު، މިފުރުޞަތު މިހަފްތާގެ ބުދަ ދުވަހުގެ މެންދުރު 12 އާއި ހަމައަށް ވަނީ ހުޅުވާލެވިފައެވެ. 

މެންބަރާއި ކުރަންބޭނުންވާ ސުވާލުތައް އެސް.އެމް.އެސް މެދުވެރިކޮށް ފޮނުވަން ޖެހެނީ، ޑީއާރު އޭ ލިޔުމަށްފަހު ހުސްތަންކޮޅެއް ދޫކޮށްލުމަށްފަހު ސުވާލު ލިޔުއްވާ 300 އަށެވެ. ވައިބަރ ކުރަން ޖެހެނީ، 7316959 އަށެވެ. 

މިޕްރޮގްރާމްގައި ފާއިތުވި ހަފްތާގައި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު ޙަސަން އަޙުމަދު ވަނީ ގެނެސްދީފައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ