މާލެ
ފައިނު
އިމްސާކް
04:17
04:20
ފަތިސް
04:37
04:40
އިރުއަރާ
05:49
05:52
މެންދުރު
11:55
11:58
އަޞްރު
15:10
15:13
މަޣްރިބް
17:53
17:55
ޢިޝާ
19:05
19:07
ފޮޓޯ: ވިޒިޓް ކިނޮޅަސް

ރ. ކިނޮޅަހު ނަރުދަމާ ނިޒާމުގެ ހޮޅި އަޅައިދޭނެ ފަރާތެއް ހޯދަނީ

ރ. ކިނޮޅަހުގައި ޤާއިމް ކުރަން ހަމަޖެހިފައިވާ ނަރުދަމާ ނިޒާމްގެ ޒޯން 1 ގެ ހޮޅި ވަޅުމުގެ މަސައްކަތް ކޮަށްދޭނެ ފަރާތެއް ހޯދަން އިޢުލާން ކޮށްފިއެވެ. 

އެމް.ޑަބްލިއު.އެސް.ސީ އިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށެވެ. އެގޮތުން، މިކަމަށް އެދި ހުށަހެޅޭނީ، އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށާއި އަދި މުއްދަތު ހަމަނުވާ ނެޝަނަލް ކޮންޓްރެކްޓަރސް  ރަޖިސްޓްރޭޝަން އޮންނަ ފަރާތްތަކަށް ކަމުގައި އެ އިޢުލާނުގައި ބުނެފައިވެއެވެ. 

އިޢުލާނުގައި އިތުރަށް ބުނެފައިވަނީ، ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކާ ފަރާތްތަކަށް އެކަނި ކަމަށާއި ބީލަން ފޮތް ބައްލަވައިގަތުމަށް ބޭނުންވާ ފަރާތްތަކުން ފައިސާދެއްކުމަށް ބެންކު ޓްރާންސްފަރ ފޯރމް ފުރިހަމަ ކުރަން ޖެހޭނެކަމަށް ބުނެފައިވެއެވެ. 

ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ 500.00ރ އެވެ. ބީލަން ފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 23 ސެޕްޓެމްބަރ 2020 އިން 24 ސެޕްޓެމްބަރ 2020 އަށެވެ. ބީލަން ފޮތް ދޫކުރުން އޮންނާނީ 28 ސެޕްޓެމްބަރ 2020 ގެ ހެނދުނު 10:00 އިން މެންދުރު ފަހު 02:00 އަށް ފެން ބިލްޑިންގ 5 ވަނަ ފަންގިފިލާ އިންނެވެ. ޕްރީބިޑް މީޓިންގް ބޭއްވުމަށް ހަމަޖެހިފައިވަނީ 30 ސެޕްޓެމްބަރ 2020 ވާ ބުދަ ދުވަހުގެ 14:30 ގައެވެ. އަދި ބިޑް ހުށައަޅަން ހަމަޖެހިފައިވާ ތާރީޚަކީ 06 އޮކްޓޯބަރ 2020 ވާ އަންގާރަ ދުވަހުގެ 14:30 އެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ