މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ރޮނާލްޑޯ އަދި މެސީ - ފޮޓޯ: އިންޓަނެޓް

2 އަހަރަށް ފަހު ރޮނާލްޑޯ އާއި މެސީގެ ކުރިމަތިލުމެއް!

2018 ވަނަ އަހަރު ރެއާލް މެޑްރިޑް ދޫކޮށް ޔުވެންޓަސް އަށް ރޮނާލްޑޯ ބަދަލު ވުމަށް ފަހު، ފުރަތަމަ ފަހަރަށް ރޮނާލްޑޯ އަދި މެސީ ވާދަ ކުރަން ޖެހިއްޖެއެވެ.  މިރޭ ނެގި ޗެންޕިއަންސް ލީގުގެ ގުރުއަތު ލުމުގައި ޔުވެންޓަސް އަދި ބާސެލޯނާ ވަނީ އެއް ގުރޫޕެއްގައި ލައްވާލާފައެވެ. މިއީ ފުޓުބޯޅަ ސަޕޯޓަރުން ކުރަމުން އައި ދިގު އިންތިޒާރެއްގެ ނިމުމެވެ.  

މެސީ އަދި ރޮނާލްޑޯގެ ވާދަވެރި ކަމަކީ ފުޓުބޯޅައިގެ ތާރީޚުގައި ވެސް ފެނިގެން ދިޔަ އެންމެ ވަރުގަދަ އަދި ޝައުގުވެރި ވާދަވެރިކަމެވެ. މީގެ އިތުރުން ވެސް ވާދަވެރި އިތުރު މެޗު ތަކެއް ވެސް މި ސީޒަނުގެ ޗެންޕިއަންސް ލީގުގައި ފެންނާނެއެވެ. 
 
މިގޮތުން، މެންޗިސްޓާ ޔުނައިޓެޑް އަދި ޕީއެސްޖީވެސް ލައްވާލައިފާ ވަނީ އެއް ގުރޫޕެއްގައެވެ. އެންމެ ފަހުގެ ޗެންޕިއަން ބަޔާން މިޔުނިކް އަދި އެތްލެޓިކޯ މެޑްރިޑް ވެސް ލައްވާލައިފާ ވަނީ އެއް ގުރޫޕެއްގައެވެ. ޔޫރަޕުގެ އެންމެ ވަރުގަދަ އެއް ފުޓުބޯޅަ މުބާރާތް ކަމުގައި ވާ ޗެންޕިއަންސް ލީގުގެ މިއަހަރުގެ ސީޒަން ވެސް އެހެން ސީޒަން ތަކެކޭ އެއް ފަދައިން ފޯރި ގަދަ ވާނެ ކަމަށް އުންމީދު ކުރެވެއެވެ.

މިލިޔުން ކިޔާލުމުން

50%
އުފާވި
50%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ