މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފައިނު އޮންލައިން ފޮޓޯ: އިބްރާހީމް ވަސީމް

މިއެސްޓަރ އާއި މަހީ އެފް ސީ ބައްދަލު ކުރި މެޗް މިއެސްޓަރ ކާމިޔާބުކޮށްފި

ރ. މީދޫ މަހީ އެފްސީ އާއި ރ. ފައިނު ފުޓްސަލް ޓީމެއް ކަމަށްވާ މިއެސްޓަރ މިރޭ ކުޅުނު އެކުވެރިކަމުގެ ފުޓްސަލް މެޗް މިއެސްޓަރ  އިން ކާމިޔާބު ކޮށްފިއެވެ. 

މިރޭ ފައިނު ފުޓްސަލް ދަނޑުގައި ކުޅުނު މިމެޗް މިއެސްޓަރ އިން ކާމިޔާބު ކޮށްފައިވަނީ 4 - 2 އިންނެވެ. މިމެޗްގައި މިއެސްޓަރ އިން ގޯލްތައް ޖެހީ، ޙުސައިން ރަޝީދު 2 ގޯލާއި މުނައްވަރު އަދި ޝަފީޢު ކޮންމެ ކުޅުންތެރިޔަކު 1 ގޯލެވެ. މަހީ އެފްސީ އާއި މިއެސްޓަރގެ ހުރިހާ ކުޅުންތެރިންވެސް މޮޅު ކުޅުމެއް ދެއްކި މި މެޗްގައި މިއެސްޓަރގެ ގޯލް ކީޕަރު ޝާހިދުގެ ފަރާތުން ވަނީ ގިނަ ސޭވްތަކެއް ކޮށް މޮޅު ކުޅުމެއް ދައްކާފައެވެ.
މެޗްގައި ބައްދަލު ކުރި 2 ޓީމް - ފޮޓޯ: އިބްރާހީމް ޝާވިން
މަހީ އެފްސީ އިން ޖެހި 2 ގޯލްވެސް ޖަހާފައިވަނީ ސާޖިދުއެވެ. 

މިރޭގެ މެޗަކީ، ކޯވިޑް19 އާއި ގުޅިގެން ފައިނު ދަނޑުގައި ރަށުން ބޭރު ޓީމްތަކާއިއެކު ފުޓްސަލް މެޗްތައް ކުޅުން މަޑުޖައްސާލާފައި އޮތުމަށްފަހު ކުޅުނު އެކުވެރިކަމުގެ މެޗެކެވެ. 

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ