މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިސްމާޢީލް ޝަފީޢު

ފައިނުން ގޯތި ލިބުނު ފަރާތްތަކުގެ ގުރުއަތުލުން ބާއްވައިފި

ފައިނުން ބަންޑާރަ ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުއަތުލުން މިއަދު ބާއްވައިފިއެވެ. 
ފައިނު ކައުންސިލް އިދާރާގައި ކުރިޔަށްދިޔަ މި ރަސްމިއްޔާތުގައި، މިބުރު ގޯތި ލިބުނު 23 ފަރާތަށް ގޯތި ލިބޭ ސަރަޙައްދު ކަނޑައެޅުމަށްޓަކައި ވަނީ ގުރުއަތުލާފައެވެ. މި ރަސްމިއްޔާތުގައި ފައިނު ކައުންސިލްގެ ރައީސް އިބްރާހީމް ނާޞިރު ދެއްކެވި ވާހަކަފުޅުގައި، ގޯތި ލިބުނު ފަރާތްތަކަށް މަރުޙަބާ ދެންނެވިއެވެ. އަދި ގޯތި ދޫކުރުމުގެ މަރުޙަލާތައް ކުރިޔަށްދިޔަ ގޮތުގެ ހުލާސާއެއް ވިދާޅުވެދެއްވިއެވެ. 
މިއަދުގެ ރަސްމިއްޔާތުގައި 23 ގޯތި ހަވާލުކޮށްފައިވޭ - ފޮޓޯ: އިސްމާޢީލް ޝަފީޢު
މިރަސްމިއްޔާތުގައި، ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ވަގުތީ ރަޖިސްޓްރީވެސް ވަނީ ޙަވާލުކޮަށްފައެވެ. 

ފައިނުން އެންމެފަހުން ގޯތި ދޫކޮށްފައިވަނީ، 2014 ވަނަ އަހަރެވެ. އޭގެފަހުން 2018 ގައި ގޯތި ދޫކުރުމަށް އިޢުލާން ކުރުމަށްފަހު އެކި މަރުޙަލާތަކުގައި އެކި ސަބަބުތަކާއިހުރެ އެމަސައްކަތް ވަނީ މަޑުޖެހިފައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
100%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

1 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ޢަލީ 3 years ago

ޝުކުރިއްޔާ ކައުންސިލް ވަރަށް ދިގު އިންތިޒާރެއްގެ ނިމުން އައި ދުވަހެއް

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ