މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިންޓަނެޓް

ކާބޯތަކެތިން އިސްރާފްކުރުމުން ޞިއްޙީ މައްސަލަތައްޖެހޭ - ޚުޠުބާ

މުޅި އިންސާނިއްޔަތަށް ދިމާވެފައިވާ އިޖްތިމާޢީ ގޮންގެހުންތަކާއި ބަލިމަޑުކަމުގެ ތެރެއިން ކާނާއިން އިސްރާފުކުރުން ހިމެނޭކަމުގައި މިއަދުގެ ޚުޠުބާގައި ގޮވާލައްވާފިއެވެ. "ކާބޯތަކެތީގެ ނިޢުމަތަށް ޝުކުރުވެރިކުރުމާއި އިސްރާފްނުކުރުން" މިމަޢުޟޫއަށް މިއަދު އިއްވިގެން ދިޔަ ޚުޠުބާގައި ފާހަގަކުރައްވާފައިވަނީ ކާބޯތަކެތިން އިސްރާފުކުރުން އެންމެ ބޮޑަށް ފެނިގެންދަނީ ތަނަވަސްކަމުގެ އަޙުލުވެރިން އެމީހުންގެ ބޮޑާއިކަމާއި ކިބުރުވެރިކަމުގެ ސަބަބުންކަމުގައްޔާއި، ބޭކާރުގޮތުގައި ފައިސާ ހަރަދުކުރުމުންކަމުގައިވަނީ ފާހަގަކުރައްވާފައެވެ.

އިސްރާފުކުރުމަކީ ކޮބައިކަން އެކަމުގެ ނުބައިކަން ކީރިތި ޤުރްއާނުންނާއި ކީރިތި މާތްނަބިއްޔާގެ މޫރިތި ބަސްފުޅުތަކުން ބަޔާންކުރައްވާ ފާހަގަކުރައްވާފައިވަނީ އިސްރާފުކުރުމަކީ ކޮންމެ ކަމެއްގައިވެސް ހައްދުފަހަނަ އަޅާއިދިޔުންކަމާއި އިސްރާފުކުރުން ގުޅިފައިވަނީ ހަމައެކަނި ކާބޯތަކެއްޗާއިއެކަނި ނޫންކަމާއި އުރެދުންތަކަށް އަރައިގަތުމާއި ކުފުރުގެ ޢަމަލުތަކުގައި އުޅުމަކީވެސް އިސްރާފުކުރުންކަމުގައެވެ. 

ކާބޯތަކެއްޗާއިމެދު ޢަމަލުކުރަންވީގޮތް މާތްވެގެންވާ އިސްލާމްދީނުގައި ވާކަން ބަޔާންކުރައްވާ ޚުޠުބާގައި ފާހަގަކުރައްވާފައިވަނީ އިސްރާފުކުރުމަކީ ޝައިޠާނީ ޢަމަލެއްކަމާއި ކާބޯތަކެތި ގުދަންކޮށް ހެޔޮގޮތުގައި އެތަކެތީގެ ބޭނުން ނުހިފައި އެތަކެތީގެ ޙައްޤުއަދާނުކުރުމަކީ ނުބައިކަން ބޮޑުކަމެއްކަމާއި، ދެވަނަ ފަހަރަށް ބޭނުންކުރެވިދާނެ ކާއެއްޗެހި އުކާލުމުގެ ބަދަލުގައި އެތަކެތި އަލުން ބޭނުންކުރުމަށް ދީނުގައި ބާރުއަޅުއްވާ ކަމުގައެވެ.

ކާބޯތަކެތީން އިސްރާފުކުރުމަކީ ސިއްޙީއެތަކެއް މައްސަލަތަކެއް ޖެހޭނެ ކަމެއްކަމާއި މާލީގޮތުން ދަތިކަން އަތުވެދާނެކަމެއްކަމުގައިވެސްވަނީ ބަޔާންކުރައްވާފައެވެ. އެގޮތުން ކެއިން ބުއިމުގައިވެސް އިސްރާފުނުކުރުމަށް ހަނދުމަކޮށްދެމުން އިތުރަށް ފާހަގަކުރައްވާފައިވަނީ ކެއިން ބުއިމުގެ އަދަބުތަކަށް ސަމާލުވުމަށެވެ. އެގޮތުން ކެޔުމުގެ ކުރިންނާއި ފަހުން އަތްދޮވުމަށާއި ބިސްމިކިޔުމާއި ކަނާއަތުން ކެޔުމާއި ގަޔާއި ކައިރިން ކެޔުމާއި، ލަސްލަހުން ކެޔުމާއި ބުއިން ، ފެން ބޯއިރު ފެންތަށްޓަށް ނޭވާ ނުލުމާއި، ކާތަކެއްޗަށް އަނގައިން ނުފުމާއި ކައި ނިމިގެން ﷲށް ޙައްދުކުރުން މިއީ ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށް ކޮންމެހެން ކުރަންޖެހޭ ކަންކަންކަމުގައެވެ. 

ބޭކާރު ކަންކަމުގައި ހޭދަކުރުމަކީ ދީން ހުއްދަކުރާކަމެއް ނޫންކަމާއި ކޮންމެހެން ކުރަންޖެހޭ ޚަރަދުނޫނީ ނުކުރުމަށާއި ދަތިޙާލުގައިވާ މީހުންނަށް ބެލުމެއްނެތި ކާބޯތަކެތިގަނެ ގުދަންނުކުރުމަށާއި ޙައްޤުގޮތުގައި ފައިސާހޯދާ އެފައިސާ ހަރަދުކުރުމަށާއި މުސްލިމުންގެ ގޮތަކީ ލިބޭމިންވަރުން ފުދިގެން އެހެންމީހުންނަށް ނުދަރާ އުޅުންކަމުގައިވެސްވަނީ ބުނެދެއްވާފައެވެ. އަދި ކާބޯތަކެތީގެ ވިޔަފާރިކުރާއިރު އަނެކުންގެ ޙައްޤަށް ސަމާލުވުމަށާއި އަދި ކާބޯތަކެތި ހެއްދުމަކީ ދީނުގައި ބާރުއަޅުއްވާފައިވާ ދެމިގެންވާ ޞަދަޤާތެއްކަމުގައިވެސް ހަނދާންކޮށްދީފައެވެ. 

އެންމެހައި ކިޔުންތެރިން! ތިމާއަށް ކިތަށްމެ ގިނަ ފައިސާއެއް ލިބުނު ނަމަވެސް އެފައިސާ ހެޔޮގުގައި ނޫނީ ހޭދަނުކުރާށެވެ. ލިބޭ މިންވަރުން ފުއްދައިގެން ފަހަށް ރައްކާކުރާށެވެ. ބޭނުންޖެހިފައިވާ މީހުންނަށް ދޭށެވެ. ކެޔުމާއިބުއިމުގައި ވަކިމިންވަރެއް ކަނޑައަޅައި އިޤްތިޞާދުކުރާށެވެ. ހޮޓާ، ރެސްޓޮރެންޓް ހުރިނަމަވެސް ކެޔުމުގައި ސަމާލުވާށެވެ. އިންސާނާގެ ބަނޑަކީ އެންމެ ނުބައި ކަންވާރުކަން އަބަދުވެސް ދަންނާށެވެ.  

އަޙްމަދު ޝަރީފް

Ahmed Shareef

އަޙުމަދު ޝަރީފަކީ ފައިނު ސްކޫލްގައި ވަޒީފާ ޢަދާ ކުރަމުންގެންދާ މުދައްރިސެކެވެ. އަދި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ރަށު ފެންވަރުގައި އިސްވެ އުޅުއްވާ ފަރާތެކެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ