މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ކަނބަލުން އިންތިޒާމްކޮށްގެން މިހާރު ކުރިޔަށްދާ ވޮލީ މުބާރާތުގެ ތެރެއިން - ފޮޓޯ: އިސްމާޢީލް ޝަފީޢު

ސީ.ވައި.އެސް ވޮލީ ބޯޅަ ޗެލެންޖް މިއަހަރު ޑިސެމްބަރުގައި

ރ. ފައިނު ކުލަބް ޔަންގް ސްޓަރސްގެ ފަރާތުން ވޮލީ މުބާރާތެއް މިއަހަރުގެ ޑިސެމްބަރު މަހު ކުރިޔަށް ގެންދާގޮތަށް ނިންމައި އެކަން އިޢުލާން ކޮށްފިއެވެ.

އެކުލަބުން މަޢުލޫމާތު ދިން ގޮތުގައި، މި މުބާރާތަކީ ފައިނުގައި ވޮލީ ކުރި އެރުވުމުގެ މަޤްޞަދުގައި ކަނބަލުންނަށް ޚާއްޞަކޮށްގެން ކުރިޔަށް ގެންދާ މުބާރާތެކެވެ. ޑިސެމްބަރު 19 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ރަށުން ބޭރުގެ 1 ކުޅުންތެރިޔަކު ހިމެނޭގޮތަށް ވަނީ ހަމަޖައްސާފައެވެ. މި މުބާރާތުގައި، ކުޅުމަށް ބޭނުންވާ ކުޅުންތެރިން ނަން ނޯޓް ކުރުމަށް ޚާއްޞަ އޮންލައިން ފޯމެއްވަނީ ހަމަޖައްސާފައެވެ. އެގޮތުން، 16 ޑިސެމްބަރ 2020 ވަނަ ދުވަހުގެ ރޭގަނޑު 11:00 ގެ ކުރިން މި ފޯމް މެދުވެރިކޮށް ނަން ނޯޓް ކުރަންޖެހެއެވެ. 

ކުލަބް ޔަންގް ސްޓަރސްއިންވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފުޓްސަލް މުބާރާތެއްވެސް ކުރިޔަށް ގެންދަން ރާވާ އެކަން އިޢުލާން ކޮށްފައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ