މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފައިނު އޮންލައިން ފޮޓޯ: އިސްމާޢީލް ޝަފީޢު

ސީ. ވައި. އެސް ފުޓްސަލް މުބާރާތާއި ވޮލީ މުބާރާތުގެ ޑްރޯނައިޓް ބާއްވައިފި

މި ހިނގާ ޑިސެންބަރު މަހު ކުލަބް ޔަންގް ސްޓަރސް އިން ކުރިޔަށް ގެންދާ ފުޓްސަލް މުބާރާތާއި ވޮލީ މުބާރާތުގެ ޑްރޯ ނައިޓް ބާއްވައިފިއެވެ.

މިރޭ ފައިނު ފުޓްސަލް ދަނޑުގައި ކުރިޔަށް ގެންދިޔަ މި ހަފްލާގައި، އެންމެ ފުރަތަމަ އޮތީ، ވޮލީ މުބާރާތުގެ ގުރުއަތު ނެގުމެވެ. ކަނބަލުންނަށް ޚާއްޞަ ކޮށްގެން ބާއްވާ މި މުބާރާތުގައި 4 ޓީމަކުން ބައިވެރިވެފައިވެއެވެ. އެހެންކަމުން މި މުބާރާތް ކުރިޔަށް ދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލު ކުރާ ގޮތަށެވެ. މުބާރާތް ފަށާ މެޗްގައި ބައްދަލު ކުރާނީ ރެހެންދި އާއި ރައިޒިންގ ސްޓަރސްއެވެ. 
ހަފްލާގެ ތެރެއިން - ފައިނު އޮންލައިން ފޮޓޯ: އިސްމާޢިލް ޝަފީޢު
މިރޭގެ ހަފްލާގައި ދެން އޮތީ، ފުޓްސަލް މުބާރާތުގެ ގުރުއަތު ނެގުމެވެ. ޖުމުލަ 6 ޓީމް ބައިވެރިވި މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 2 ގުރޫޕަކަށް ބަހާލައިގެނެވެ. މި މުބާރާތް ފަށާ މެޗްގައި ބައްދަލުކުރާނީ ކާނިވާސް އާއި ފިލަމެންޓެވެ. 
ހަފްލާގެ ތެރެއިން - ފޮޓޯ: އިސްމާޢީލް ޝަފީޢު
ސީ.ވައި.އެސް ފުޓްސަލް މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ، ޑިސެމްބަރު 17 ގައެވެ. ވޮލީ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ، 19 ޑިސެމްބަރުގައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

2 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ރާއްޖެތެރޭ މީހާ 3 years ago

އާބާދީއާ ބަލާފަ ،ކުލަބް ހަދާ ފަދައޭ ދ؟ ނެތްތަ އެހީ ތެރިކަމެއް

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ޙުޝާމް 3 years ago

މީ ހަމަ ތަފާރު ބައެއް

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ