މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ދަނޑު ތައްޔާރު ކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ - ފޮޓޯ: މީސްމީޑިއާ

އިނގުރައިދޫ ޔޫތު ފުޓްސަލް ޗެލެންޖް މިރޭ ފަށަނީ

20 އަހަރުން ދަށުގެ ކުޅުންތެރިނަށް ޚާއްޞަ ކޮށްގެން އިނގުރައިދޫގައި މިރޭ " ޔޫތު ފުޓްސަލް ޗެެެލެންޖް" ގެ ނަމުގައި މުބާރާތެއް ފެށުމަށް ހަމަޖެހިއްޖެއެވެ.

ރަސްމާދޫގެ ޓީމަކާއި އިނގުރައިދޫ 3 ޓީމެއް ހިމެނޭ މި މުބާރާތް މިރޭ ފެށުމަށް ހަމަޖެހިފައިވާއިރު، މުބާރާތަށް އިނގުރައިދޫ ފުޓްސަލް ދަނޑު މަރާމާތުކޮށް ގިނަ ތައްޔާރީތަކެއް ވެފައެވެ. އެގޮތުން، ފެންސް ބަދަލު ކުރުމާއި، އައު ގޭޓެއް ހަރުކުރުމާއި، މެޓް އަޅާ ޕިޗް މަރާމާތު ކުރުމާއި، ގޯލް ޕޯސްޓާއި ބެންޗްތަކުގައި ކުލަ ލުމާއި އަދި ދަނޑުތެރެ ސާފު ކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މި ހުރިހާ މަސައްކަތެއްވެސް ކޮށްފައިވަނީި، ޒުވާނުންނާއި ރަށުގެ އެކި ފަރާތްތައް ގުޅިގެނެވެ. 

އިނގުރައިދޫ ސްޕޯރޓްސް ކުލަބާއި އިނގުރައިދޫ ޕޮލިސް ގުޅިގެން އިންތިޒާމް ކުރާ މިމުބާރާތުގެ ދެ މެޗް މިރޭ ކުޅޭނެއެވެ. މުބާރާތް ފެށުމުގެ ގޮތުން، ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ، ޔޯ ބްރޫ އާއި އެފްސީ ބްރަދަރސް ޖޫނިއަރއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ