މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: މީސްމީޑިއާ

ފައިނު ކައުންސިލުން ކުނި އުފުލުމަށް ޕިކަޕެއް ކުއްޔަށް ހިފަން އިޢުލާންކޮށްފި

ފައިނު ކައުންސިލުން ކުނި އުފުލުމަށް ޕިކަޕެއް ކުއްޔަށް ހިފަން އިޢުލާންކޮށްފިއެވެ.

އެކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، މިކަމާއި ގުޅޭގޮތުން އެންމެ ފުރަތަމަ ކުރި އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ހުށަހެޅުމެއް ހުށަހަޅާފައި ނުވާކަމަށެވެ. އަދި އިޢުލާނުގައި އިތުރަށް ބުނެފައިވަނީ، ގޭގެއިން އުކާލުމަށް ނެރޭ ކުނި، ކޮންމެ ހަފްތާއެއްގެވެސް އާދިއްތަ އަދި ބުދަ މިދެދުވަހު ކަނޑައެޅިފައިވާ ވަގުތުތަކެއްގައި ކުނިކޮށްޓަށް ގެންދިޔުމުގެ މަސައްކަތް ކުރުމަށް 01 ޖެނުއަރީ 2021 އިން 31 ޑިސެމްބަރ 2021 ގެ ނިޔަލަށް ޕިކަޕެއް ކުއްޔަށް ހިފަން ބޭނުންވާ ކަމަށާއި، މި 2 ދުވަހުގެ ތެރެއިން ކޮންމެ ދުވަހެއްގައިވެސް ކުނި އުކާލުމުގެ މަސައްކަތުގައި ހޭދަކުރުމަށް ހަމަޖެހިފައިވަނީ 3 ގަޑިއިރު ކަމަށާއި އެހެންނަމަވެސް މަސައްކަތް ނުނިމި އިތުރު ވަގުތު ހިނގައިފިނަމަ އިތުރަށް ހިނގި ވަގުތަށްވާ ފައިސާ ދެވޭނެ ކަމަށެވެ. ޕިކަޕަށް ކުނި އެރުވުމާއި ކުނި ކޮށްޓަށް ކުނިތައް ބޭލުމުގެ މަސައްކަތް ކުރާނީ އެކަމަށް ހަމަޖެއްސިފައިވާ މުވައްޒަފުން ކަމަށްވެސް އިޢުލާނުގައި ވެއެވެ. 

މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، 30 ޑިސެމްބަރ 2020 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން އަގު ހުށަހަޅަންޖެހެއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ