މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: މީސްމީޑިއާ

އަނަސް މަރާލިކަމަށް ކުޑަކުއްޖާގެ މައްޗަށް ކުއްސާބިތެއްނުވި

ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ މަރާއި ގުޅިގެން ދަޢުވާ ކުރި ކުޑަ ކުއްޖާގެ މައްޗަށް ކުށް ސާބިޠު ނުވާކަމަށް ކޯޓުން ހުކުމް ކޮށްފިއެވެ.

ކުޑަކުއްޖާގެ މައްޗަށް ކުއްސާބިތު ނުވާކަމަށް ހުކުމް ކޮށްފައި ވަނީ އަނަސް އަށް ހަމަލާދިން ވަގުތު އޭނާ ހުރީ ހުޅުމާލޭގައި ކަމަށް ދިފާއީ ހެކިން ހެކިބަސްދީފައިވާތީ ޖުވެނައިލް ކޯޓުންނެވެ. އަނަސްގެ މަރުގެ މައްސަލާގައި ދަޢުލަތުން ވަނީ ކުޑަކުއްޖާގެ އިތުރުން 7 މީހެއްގެ މައްޗަށް ދަޢުވާކޮށްފައެވެ.

ގުރޫޕަކުން ތޫނު އެއްޗެހިން ހަމަލާދީ އަނަސް މަރާލާފައި ވަނީ 2017 ވަނަ އަހަރުގެ ޖުލައި 31 ވަނަ ދުވަހުގެ ރޭ 9:15 ހާއިރު ލިޓަސް ސަރވިސް ސެންޓަރު ތެރޭގައެވެ.

މިލިޔުން ކިޔާލުމުން

50%
އުފާވި
25%
ދެރަވި
25%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ