މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ޖަލްސާގެ ތެރެއިން - ފޮޓޯ: އިސްމާޢީލް ޝަފީޢު

ފައިނު ސްކޫލްގެ އޯލެވެލް ކައުންޓްޑައުން ޖަަަަަަލްސާ ބާއްވައިފި

ފައިނު ސްކޫލްގެ އޯލެވެލް ކައުންޓްޑައުން ޖަލްސާ މިރޭ ބާއްވައިފިއެވެ.

ފައިނު ސްކޫލްގައި އޮތް މި ޖަލްސާ ޝަރަފްވެރި ކޮށްދެއްވީ ފައިނު ކައުންސިލްގެ ރައީސް އިބްރާހީމް ނާޞިރެވެ. މިރޭގެ ޖަލްސާގައި، ކައުންސިލްގެ ރައީސް އިބްރާހީމް ނާޞިރު ވަނީ، މިއަހަރު އޯލެވެލް އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުންނަށް ހިތްވަރު ދެއްވާފައެވެ. އަދި ވޭތުވެދިޔަ ތަނުގައި ފައިނު ސްކޫލުން ހޯދާފައިވާ ކާމިޔާބީ ފާހަގަކޮށް ދަރިވަރުންގެ ކާމިޔާބީއަށްޓަކައި ރަށުގެ އެންމެހާ ލޮބުވެތި ރައްޔިތުންނާއި މުއައްސަސާތައް އަދި ޚާއްޞަކޮށް ފައިނު ސްކޫލުން ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކޮށް ޝުކުރު ދަންނަވާފައިވެއެވެ.
މިރޭގެ ޖަލްސާގެ ތެރެއިން - ފޮޓޯ: އިސްމާޢީލް ޝަފީޢު
ފައިނު ސްކޫލްގެ ޕްރިންޕަލްގެ އިތުރުން އިސްދަރިވަރަކުވެސް މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވާފައިވެއެވެ. ޕްރިންސިޕަލް އިބްރާހީމް ޢުމަރު މަނިކުގެ ވާހަކައިގައިވެސް، އިމްތިޙާުނުގައި ބައިވެރިވާ ދަރިވަރުންނަށް ހިތްވަރު ދެއްވާ ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ. މިޖަލްސާގައި މިއަހަރު އޯލެވެލް އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުންގެ އިތުރުން، އެދަރިވަރުންގެ މުދައްރިސުންނާއި ބެލެނިވެރިންވެސް ޝުޢޫރު ފާޅުކޮށްފައިވެއެވެ. 

އޯލެވެލް އިމްތިޙާނަށް 100 ދުވަހަށް ވެފައިވާއިރު ދަރިވަރުންނާއި މުދައްރިސުންވެސް އަންނަނީ ވަރަށް ބޮޑަށް މި އިމްތިޙާނަށް ތައްޔާރުވަމުންނެވެ. މި އިމްތިޙާނަކީ ފާއިތުވި އަހަރުގެ އޮކްޓޯބަރ/ނޮވެމްބަރގައި ބާއްވާގޮތަށް އޮތް އިމްތިޙާނެއް ކަމުގައި ވީނަމަވެސް ކޮވިޑް19 ގެ ސަބަބުން މި އަހަރުގެ މެއި/ޖޫން އަށް މިހާރު ވަނީ ލަސްކޮށްފައެވެ.

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ