މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: މީސްމީޑިއާ

އުނގޫފާރުގައި ވެކްސިން ދޭން ފަށާ، އަތޮޅުގެ ހުރިހާ ރަށަކަށް މާދަމާ ވެކްސިން ފޮނުވަނީ

ރ. އަތޮޅުގެ ހުރިހާ ރަށަކަށް މާދަމާ ކޮވިޝީލްޑް ވެކްސިން ފޮނުވަން ފަށާނެ ކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

އިންޑިޔާ ސަރުކާރުން ހަދިޔާކުރި ވެކްސިން މިއަދު ވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ދޭން ފަށާފައެވެ. ވެކްސިން ޖެހުން ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ވެކްސިން ޖަހާފައިވަނީ   އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އިބްރާހިމް ޒަޔާނެވެ. އަދި އެ ހޮސްޕިޓަލުގެ އިސް ފަރާތްތަކުން ވަނީ ކޮވިޑް ވެކްސިން ޖަހާފައެވެ. 

ފުރަތަމަ ބުރުގައި ވެކްސިން ޖެހުމަށް ހަމަޖެހިފައި ވަނީ ސިއްޙީ ޚިދުމަތްތެރިންނާއި އުމުރުން 70 އަހަރުން މަތީގެ ފަރާތްތަކަށެވެ. އެގޮތުން، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ 30 މުވައްޒަފަކަށް މިއަދު ވެކްސިން ޖަހާނެއެވެ. އަދި ބާކީ ތިބި މުވައްޒަފުންނަށް މާދަމާ ވެކްސިން ޖަހާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ވަނީ މަޢުލޫމާތު ލިބިފައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ