މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

" ފަސްވަނަ ރުކުން " ގެ ނަމުގައި ފަށާ ޕްރޮގްރާމް މީދޫގައި އިފްތިތާޙްކޮށްފި

ޙައްޖާއި ޢުމްރާގެ އަޅުކަމަށް ދިވެހި ރައްޔިތުން ހޭލުންތެރި ކުރުވުމަށްޓަކައި 'ފަސްވަނަ ރުކުން' ގެ ނަމުގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް އިފްތިތާޙް ކޮށްފިއެވެ. ފަސްވަނަ ރުކުން ޕްރޮގްރާމް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މި މަހު 11 ވަނަ ދުވަހުރޭ އޮންލައިންކޮށް ގޫގްލްމީޓްގެ ޒަރީއާއިން ރ. އަތޮޅު މީދޫގައެވެ.

'ފަސްވަނަރުކުން' ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައިވަނީ މޯލްޑިވްސްޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓާރ އަލްފާޟިލް އިސްމާޢީލް ޙަމީދު އެވެ. ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވަމުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓާރ އިސްމާއިލް ހަމީދު ވިދާޅުވީ ދީނުގެ އެހެން އަޅުކަންތަކާއި ހިލާފަށް ޙައްޖާއި އުމްރާގެ އަޅުކަން ފުރިހަމަ ކުރުމަށްޓަކައި ކަނޑައެޅިފައިވާ ވަކި ވަގުތުތަކެއްގައި ވަކި ތަރުތީބަކުން ވަކި ކަންތައްތަކެއް ފުރިހަމަކުރަންޖެހޭ ކަމަށާއި އެހެންކަމުން ޙައްޖާއި އުމްރާގެ އަޅުކަން ފުރިހަމައަށް އަދާކުރުމަށްޓަކައި ޙައްޖާއި އުމްރާގެ އަޅުކަމުގެ ފުރިހަމަ މައުލޫމާތު ކޮންމެ މުސްލިމަކުވެސް ދަސްކުރަންޖެހޭ ކަމަށާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މިފަށާ "ފަސްވަނަ ރުކުން" ޕްރޮގްރާމްއަކީ ދިވެހި ރައްޔިތުން ޙައްޖާއި އުމްރާގެ އަޅުކަމަށް ހޭލުންތެރިކުރުވުމަށްޓަކައި ފަށާ ޤައުމީ ކެމްޕެއިންއެއް ކަމަށެވެ. 
ހަފްލާގެ ތެރެއިން - ފޮޓޯ: އުއްމީދު
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އިފްތިތާހުކުރި "ފަސްވަނަ ރުކުން" ޕްރޮގްރާމްއަކީ ދިވެހި ރައްޔިތުން ޙައްޖާއި އުމްރާގެ އަޅުކަމަށް ހޭލުންތެރިކުރުވުމަށްޓަކައި ޙައްޖު ކޯޕަރޭޝަންގެ އިޖުތިމާއީ ޒިންމާގެ ދަށުން ހިންގާ ޤައުމީ ކެމްޕެއިންއެކެވެ. މި ޕްރޮގްރާމްގައި ޙައްޖާއި އުމްރާގެ މާތްކަމާއި ޙައްޖު ފަރުޟުކުރެއްވުމާއި ގުޅޭ ގޮތުންނާއި ޙައްޖާއި އުމްރާ އުމްރާގެ އަޅުކަން އަދާކުރާނެ ގޮތާއި ޙައްޖާއި އުމްރާގެ އަޅުކަމާއިމެދު ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދެވިގެންދާނެ ކަމުގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މައުލޫމާތު ދެއްވާފައިވެއެވެ.  

ރ. މީދޫގައި ކުރިއަށް ގެންދެވުނު މިޕްރޮގާމަކީ މިސިލްސިލާގެ ފުރަތަމަ ޕްރޮގްރާމެވެ. ރ. މީދުގައި ބޭއްވުނު ޕްރޮގްރާމުގައި ސެޝަން ހުށަހަޅައިދެއްވީ މޯލްޑިވްސް ޙައްޖުކޯޕަރޭޝަންގެ ޙައްޖު އޮޕަރޭޝަންސް މެނޭޖަރ އައްޝައިޚް ޙުޞައިން އަންޞާރު އެވެ. ހޭލުންތެރިކުރުވުމުގެ ސެޝަނަށްފަހު ޕްރޮގްރާމްގެ ބައިވެރީންގެ ސުވާލުތަކަށް ޝައިޚު ޖަވާބުދެއްވި އެވެ. ރ. މީދޫގައި ބޭއްވުނު "ފަސްވަނަ ރުކުން" ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި ރ. މީދޫ އުންމީދު ޖަމިއްޔާއާ ގުޅިގެންނެވެ.

ޙައްޖު ކޯޕަރޭޝަނުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ޕްރޮގްރާމް ސިލްސިލާކޮށް މުޅި ރާއްޖޭގައި ބާއްވާނެއެވެ. މިގޮތުން 'ފަސްވަނަރުކުން' ޕްރޮގްރާމްގެ ދެވަނަ ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ކަމުގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މައުލޫމާތު ދެއްވާފައިވެއެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ