މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އަލިފުށިލައިވް

123 ދަރިވަރުން މިއަދު ސްކޫލަށް ނުދޭ، އަލިފުށިން ރެންޑަމް ސާމްޕަލް ނަގަނީ

އަލިފުށިން ކޮވިޑް19 ގެ ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ފަށައިފިއެވެ.

އަލިފުށި ލައިވްގައި ބުނެފައިވާގޮތުން، މިއަދު 123 ދަރިވަރަކު ސްކޫލަށް ޙާޟިރުވެފައެއް ނުވެއެވެ. އަދި އިއްޔެވެސް 106 ދަރިވަރުން ޙާޟިރު ނުވެއެވެ. އަލިފުށި ސްކޫލާއި ޙަވާލާދީ އަލިފުށި ލައިވްގައި ބުނެފައިވަނީ، އެ ސްކޫލްގައި ތަޢުލީމު ހާސިލުކުރަމުންދާ 427 ދަރިވަރުންގެ ތެރެއިން، މިހާ ގިނަ ޢަދަދެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުވެފައި ނުވުމުގެ ސަބަބަކީ، މިދުވަސްވަރު ގިނަ ދަރިވަރުންތަކެއް ބަލިވެ އުޅުންކަމުގައި ޤަބޫލުކުރެވޭ ކަމަށާއި، ދަރިވަރުންގެ ކިބައިން، ކެއްސާ ކިނބިހިއެޅުމާއި، ހުން އައުމާއި ބޮލުގައި ރިހުމާއި ރޯގާ ޖެހުންފަދަ އަލާމާތްތައް ފެންނަމުން ގޮސްފައިވާ ކަމަށެވެ. 

މީގެ އިތުރުން މިދިޔަ ހަފްތާގެ 3 ދުވަހެއްގެ ތެރޭގައި އަލިފުށި ސްކޫލްގެ 62 ދަރިވަރަކު ބަލިވެގެން އެރަށު ޞިއްޙީ މަރުކަޒަށް ދައްކާފައިވާކަމަަށް ރިޕޯޓް ކޮށްފައިވެއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ