މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ވިޒިޓް ކިނޮޅަސް

ކިނޮޅަހުގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ކިނޮޅަހުގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އެރަށު ޞިއްޙީ މަރުކަޒުން މަޢުލޫމާތު ދޭގޮތުގައި، ޕޮޒިޓިވް ވެފައިވަނީ، މިދިޔަ މަހު 25 ގައި ހޯމް ކަރަންޓީނަށް އެރަށަށް އައި ފަރާތެކެވެ. ކިނޮޅަހު ޞިއްޙީ މަރުކަޒުގެ ކޮމިއުނިޓީ ހެލްތް އޮފިސަރ މުޙައްމަދު އާމިރު ވިދާޅުވީ، ޕޮޒިޓިވްވި މީހާއާއި ކޮންޓެކްޓް ވެފައިވަނީ އެމީހާއާއިއެކު ކަރަންޓީންގައި ތިބި އިތުރު ދެ މީހެކެވެ. އަދި މި ނޫން އިތުރު މީހަކު ކޮންޓެކްޓް ވެފައި ވާކަމަކަށް އަދި ރިޕޯޓް ކޮށްފައި ނުވާކަމަށްވެސް އާމިރު ވިދާޅުވިއެވެ.

ނަމަވެސް، އެއްވެސް ފަރާތަކުން ހޯމް ކަރަންޓީންގައި ތިބޭ ފަރާތްތަކާއި ބައްދަލު ނުކުރުމަށާއި، ގެއިން ބޭރުގައި އުޅޭ ހުރިހާ ވަގުތެއްގައިވެސް މާސްކް އެޅުމަށް ސަމާލުކަމެއް ދިނުމަށް އެރަށު ޞިއްޙީ މަރުކަޒުން ވަނީ އެދިފައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ