މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިންޓަނެޓް

މަސްތުވާތަކެތި ބޭނުންކުރާކަމަށްބުނެ ރަސްމާދޫން ބަޔަކު ބޭރުކޮށްފި

މަސްތުވާތަކެތި ބޭނުންކުރާކަމަށްބުނެ ރަސްމާދޫން ބަޔަކު ބޭރުކޮށްފިއެވެ.

ރަސްމާދޫ ކައުންސިލްގެ ރައީސް ތޯހާ ރަޝީދާއި ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައިވަނީ, އާބާދީގައި 890 އެއްހާ މީހުން އުޅޭ ރަސްމާދޫގެ ރައްޔިތަކު މަސްތުވާތަކެތި ބޭނުމެއް ނުކުރާކަމަށާއި އެކަމަކު ރަށުގައި އުޅޭ ރަށުން ބޭރު ތިން މީހަކު އެކަމުގެ ތެރޭގައި އުޅޭކަމުގެ އަޑު އަރާކަމަށެވެ. 

ތޯހާ އާއި ހަވާލާދީ  ބައެއް ނޫސްތަކުގައި ވާގޮތުން، އޭގެ ތެރޭގައި ހިމެނެނީ އިނގުރައިދޫގެ މީހަކާއި ބަންގްލަދޭޝް މީހެއްގެ އިތުރުން މާލޭ މީހެއް ކަމަށެވެ. އެގޮތުން އިނގުރައިދޫ މީހާއާއި މާލޭ މީހާއަކީ އެރަށުގެ ދެ މީހަކާއި ކައިވެނިކޮށްގެން ރަށުގައި އުޅެމުން އައި ދެ މީހުންކަން ފާހަގަކޮށްފައިވެއެވެ. 

ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާގޮތުން، ތޯހާ ވިދާޅުވި ގޮތުގައި މިއަދު ރައްޔިތުން އެ ތިން މީހުން ރަށުން ބާލަން ނިކުމެފައި ވަނީ އެރަށަށް ޖައްސާ އަތޮޅު ފެރީގެ އެރަށުގެ އެޖެންޓް ހައްޔަރުކުރުމުންނެވެ. އެއީ ވަރަށް ފަހުން 18 އަހަރުވި އިހުލާސްތެރި ކުއްޖެއްކަން ވެސް ކައުންސިލް ރައީސް ފާހަގަކުރެއްވި އެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ