މާލެ
ފައިނު
އިމްސާކް
04:17
04:17
ފަތިސް
04:37
04:37
އިރުއަރާ
05:52
05:52
މެންދުރު
12:06
12:09
އަޞްރު
15:25
15:27
މަޣްރިބް
18:13
18:18
ޢިޝާ
19:28
19:33

އިންތިޚާބުގެ ނަތީޖާ އާންމު ކުރުމުގައި ލިޔެވިފައިވާ ކުށެއް އިސްލާޙްކުރުން

އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގެ ނަތީޖާ އާންމު ކުރުމުގައި، ފައިނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ނަތީޖާގައި ލިޔެވިފައިވާ ކުށެއް ވަނީ ފާހަގަ ކުރެވިފައެވެ.

އެހެންކަމުން، ކޮމެޓީގެ މެންބަރުންގެ ގޮތުގައި ހޮވުނު ކަމަށް އާންމު ކުރެވުނު އެއް ފަރާތް ހޮވިފައިވާކަމަށް އާންމު ކުރެވުނީ މަޢުލޫމާތު އެންޓަރ ކުރުމުގައި ލިޔެވިފައިވާ ކުށަކުންނެވެ. އަދި އެކުށް އިސްލާޙްކޮށް މިހާރު ވާނީ އެމަޢުލޫމާތު އިންތިޚާބުގެ ނަތީޖާ ޞަފްޙާގައި އާންމު ކުރެވިފައެވެ. 

އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، އަންހެނުންގެ ކޮމެޓީއަށް އިންތިޚާބު ވެފައިވާ މެންބަރުންނަކީ، އައިމިނަތު ޒިދުނާ، ސާރާ އިބްރާހީމް، ހަފީޒާ އިބްރާހީމް މަނިކު، ފާޠިމަތު ޢުމަރު މަނިކު އަދި ޝަފީޤާ ޙަސަން މަނިކެވެ. މި އެންމެހާ ފަރާތްތަކަށް ފައިނު އޮންލައިންގެ ނަމުގައި މަރުޙަބާ ދަންނަވަމެވެ. އަދި ކުރިން އާންމު ކުރެވުނު މަޢުލޫމާތު އެގޮތަށް އާންމު ކުރެވިފައިވާތީ އިންތިޚާބުވެފައިވާކަމަށް އާންމު ކުރެވުނު ކެންޑިޑޭޓްގެ ކިބައިން މަޢާފަށް އެދެމެވެ. 

ފައިނު އޮންލައިންއިން އަބަދުވެސް މަސައްކަތް ކުރާނީ އިތުބާރާ ޔަޤީން ކަމާއިއެކު މަޢުލޫމާތު އާންމު ކުރުމަށެވެ. އަދި ކުރިމަގުގައި މިފަދަ ކަންކަން ދިމާނުވާނެކަމުގެ ޔަޤީންކަން ކިޔުންތެރިންނަށް އަރުވަމެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ