މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ފައިނު ކައުންސިލް އިދާރާއިން ޒަކާތް ބަލައިގަންނަ ގަޑިތައް އާންމުކޮށްފި

ފައިނު ކައުންސިލް އިދާރާއިން ފިޠުރު ޒަކާތް ބަލައިގަންނަ ގަޑިތައް އާންމުކޮށްފިއެވެ.

ފައިނު ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، މިއަހަރުގެ ފިޠުރު ޒަކާތް 28 ރަމަޟާން 1442 ވާ ހޯމަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 ން މެންދުރު 12:30 އަށް ފައިނު ކައުންސިލްގެ އިދާރާއަށް ފިޠުރު ޒަކާތް ބަލައިގަންނަމުންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އިޢުލާނުގައި އިތުރަށް ބުނެފައިވަނީ، ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯގެ މިންވަރު ކަމަށާއި ޒަކާތް ނެރޭނީ އަހަރުތެރޭގައި ބަނޑުކެއުމުގެ ގޮތުން ޢާއްމުކޮށް ކައިއުޅުނު ބާވަތްތަކުން (ގޮވާމުން) މިރަށުގައި 2.4 ކިލޯއަށް ޖެހޭ މިންވަރު ކަމަށެވެ. ނުވަތަ 2.4 ކިލޯގެ އަގެވެ. ހަނޑުލުން ދައްކާ ނަމަ ދައްކާނީ 2.4 ކިލޯ ހަނޑުލެވެ. ފައިސާއިން ދައްކާ ނަމަ، އާދައިގެ ހަނޑުލަށް ދައްކާނީ 2.4 ކިލޯ ހަނޑުލުގެ އަގަށްވާ -/12 (ބާރަ ރުފިޔާ) އެވެ. ބާސްމަތީ ހަނޑުލަށް ދައްކާ ނަމަ ދައްކާނީ 2.4 ކިލޯ ހަނޑުލަށްވާ އަގަށްވާ -/84 (އަށްޑިހަ ހަތަރުރުފިޔާ) އެވެ. އަދި އާދައިގެ ފުށުން ދައްކާ ނަމަ ދައްކަވާނީ 2.4 ކިލޯ ފުށުގެ އަގަށްވާ 36/9 (ނުވަރުފިޔާ/ ތިރީސްހަލާރި) ކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ