މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިންޓަނެޓް

މަޑުއްވަރީގައި ކުޑަކުދިންގެ ޕާކުގެ ނުނިމި ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަނީ

ރ. މަޑުއްވަރީގައި ތަރައްޤީ ކުރަން ފަށާފައިވާ ކުޑަކުދިންގެ ޕާކުގެ ނުނިމި ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން އެރަށު ކައުންސިލްގެ އިދާރާއިން އިޢުލާން ކޮށްފިއެވެ.

މިކަމަށްޓަކައި ދެވަނަ ފަހަރަށް ކުރި އިޢުލާނުގައި ބުނެފައިވަނީ، މި މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ، ޕާކުތެރޭގެ ފަސްގަނޑު ލެވެލްކުރުން، ޕާކުގައި ހަރުކުރާ ތަކެތީގެ ބުޑުތައް ކޮންކްރިޓްކުރުން (30 ބުޑު) 18×18×18 އިންޗި، ޕާކުގައި ހަރުކުރަންޖެހޭ ތަކެތި ހަރުކުރަން ކަނޑައަޅާފައިވާ ބޭސްމަންޓްތަކާއި ބޭސްމަންޓްތަކުގެ ވަށައިގެންވާ ގައުފޮޅު، އިޢުލާނުގައިވާ ކުރެހުންތަކާއި އެއްގޮތަށް ރޭނުމާއި ތަކެތި ހަރުކުރުމާއި އަދި ނިންމުމުގެ މަސައްކަތްތައް، އިޢުލާނުގައިވާ ކުރެހުމާއި އެއްގޮތަށް، (އުނދޯލިގެ އާއި ޖޯލިފަތި ހުރި ސަރަޙައްދު ފިޔަވައި) ޕާކުގައި ހަރުކުރާ ތަކެތީގެ ބޭސްމަންޓްތަކުގައި ފެހިކުލައިގެ ގްރާސް ކާޕެޓް އެޅުމާއި ފްލޯމެޓް އަޅަން ބުނެފައިވާ ބޭސްމަންޓްގައި ރަތްކުލައިގެ ފްލޯމެޓްއެޅުން، އުނދޯލިގެ އާއި ޖޯލިފަތި ހުރި ސަރަޙައްދު ވަކިކޮށް އެސަރަޙައްދަށް ކަށިވެލިލުން، ތަކެތި ހަރުކުރާ ކޮންމެ ބޭސްމަންޓެއްގައި 1 ފޫޓުގެ ރޭޑިއަސް (އެތެރޭން އެތެރެއަށް)  ހުންނަވަރުގެ ގަސްބުރެއް ހަދައި ކާބްސްޓޯން ރާނައި ސިމެންތިޖަހައި ކުލަލުން، ކުރެހުންތަކުގައި ކާބްސްޓޯން ރާނަން ހުރި ހުރިހާ ސަރަޙައްދެއްގައި ކާބްސްޓޯން ރާނައި ސިމެންތިޖަހައި ކުލަލުން، ޕާކުގައި ހަރުކުރަންޖެހޭ ތަކެތި، ހަރުކުރަންޖެހޭ މިންތަކާއި އިންތައް ބަލައި އެތަކެތި ބަހައްޓަންޖެހޭ ތަރުތީބުން ތަކެތި ހަރުކުރުމުގެ މަސައްކަތްކުރުން، ޕާކުގެ ގައުއަތުރަން ބުނެފައިވާ ސަރަޙައްދުތަކުގައި ގައު އެތުރުމާއިއެކު ފްލޯ ޕެއިންޓްލުމާއި ފްލޯގައި ކުރެހުން، ކުރެހުމުގައި ދޮންވެލިލާން ބުނެފައިވާ ސަރަޙައްދަށް ދޮންވެލިލުން، ޕާކުގެ ކަރަންޓް ވައިރިން އެޅުމާއި ވައިރިންގެ މަސައްކަތްތައް ނިންމައި ލައިޓްހަރުކޮށް ޕާކުދިއްލުމާއި އަދި ވަގުތީ ޑީބީއެއް ހަރުކޮށް މީޓަރުލުން، ޕާކުގެ ފެންހިންދާ ކާނުތައް ކޮންކްރިޓްކުރުމާއި ކާނުވަޅުލުން، ޕާކުގެ ގޮނޑިތައް ކޮންކްރިޓްކުރުމާއި ހަރުކުރުމާއި ގޮނޑީގެ ލަކުޑި މަސައްކަތްތައް ނިންމާ ވަރުނީސްލުން، ޕާކުގެ ފައުންޓެއިން އިންނަ ސަރަޙައްދު ފާހަގަކޮށް އެސަރަޙައްދަށް ދޮންވެލިލުން، ޕާކުގެ ނަންބޯޑު ހެދުން، ޕާކަށް ކަރަންޓް ލުން. (މަގުމަތީ ޑީބީން ޕާކަށް ފެނަކައިން ޤަބޫލްކުރާ ފެންވަރުގެ ކަރަންޓް ކޭބަލްއެޅުން)، އަދި އިޢުލާނުގައިވާ ކުރެހުމާއި އެއްގޮތަށް، ޕާކު އެތެރޭގެ ކަރަންޓް ވައިރިން އެޅުން  ހިމެނެއެވެ. 

މިމަސައްކަތްތައް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އެ ކައުންސިލްގެ ބިޑް ހުށަހަޅާފޯމް ފުރިހަމަކޮށް 2021 އޭޕްރީލް 26 ވާ ހޯމަ ދުވަހުގެ 11:00 އަށް އެ އިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުމަށް އިޢުލާނުގައި އެދިފައިވެއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ