މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ޔޫތު މިނިސްޓްރީ

އެފް.އޭ.އެމް އިން ޓާފް ދަނޑު އަޅާ ރަށްރަށުގެ ލިސްޓްގައި އިނގުރައިދޫ!

އެފް.އޭ.އެމްގެ ފަރާތުން ރ. އިނގުރައިދޫގައި ޓާފް ފުޓްބޯޅަ ދަނޑެއް އަޅަން ނިންމައިފިއެވެ.

އެފް.އޭ.އެމްގެ ފަރާތުން ރާއްޖޭގެ 16 ރަށެއްގައި ޓާފް ފުޓްބޯޅަ ދަނޑު އެޅުމަށް ނިންމާ އެކަން އިޢުލާން ކުރައްވަމުން، މިއަދު ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މި ސަރުކާރުގެ ކުޅިވަރު ސިޔާސަތުތަކާ އެއްގޮތަށް ރާއްޖޭގެ 100 ރަށެއްގައި ޓާފް ދަނޑުތައް އަޅަމުންދާތީ، އެކަމަށް އެހީތެރިވުމުގެ ގޮތުން އެފްއޭއެމުން 16 ރަށެއްގައި ޓާފް ދަނޑުތައް އެޅުމަށް ނިންމާފައިވާ ކަމަށެވެ. 

މި ދަނޑުތައް އަޅާ ރަށްތަކަކީ ހއ. ކެލާ، ށ. ކޮމަންޑޫ، ރ. އިނގުރައިދޫ، ބ. ކަމަދޫ، ކ. ހުރާ، އއ. އުކުޅަސް، އއ. މާޅޮސް، އދ. ދަނގެތި، މ. ނާލާފުށި، ފ. ބިލެއްދޫ، ތ. ގުރައިދޫ، ތ. ވަންދޫ، ލ. މާބައިދޫ، ގއ. ގެމަނަފުށި، ގއ. ކޮލަމާފުށި އަދި ގދ. ނަޑެއްލާއެވެ.


މި ދަނޑުތަކަކީ ފީފާ އެޕްރޫވްޑް ޓާފް ދަނޑު ތަކެއް ކަމަށާއި، އަދި މި ދަނޑުތައް ވަށައިގެން ފެންސް ޖެހިގެންދާއިރު، ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓް ހަރުކުރުމާއި، ދަނޑުގައި އިލެކްޓްރޯނިކް ސްކޯ ބޯޑެއް ހަރުކުރެވިގެންދާނެ ކަމަށްވެސް ބައްސާމް ވިދާޅުވެފައިވެއެވެ. 

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ