މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފައިނު ކައުންސިލްގެ އިދާރާ

ފައިނު ކައުންސިލުން އިންތިޚާބީ ކައުންސިލަރުންނާ ބައްދަލު ކޮށްފި

ފައިނު ކައުންސިލްގެ 4 ވަނަ ދަޢުރަށް އިންތިޚާބު ވެފައިވާ ކައުންސިލަރުންނާ ފައިނު ކައުންސިލުން ބައްދަލު ކޮށްފިއެވެ.

ފައިނު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި، މިހާރު ތިއްބެވި ކައުންސިލަރުންގެ ފަރާތުން އަލަށް އިންތިޚާބުވި ކައުންސިލަރުންނަށް ވަނީ މަރުޙަބާ ދަންނަވާފައެވެ. 

އަދި މި ބައްދަލުވުމުގައި ކައުންސިލްގެ ދަޢުރު ބަދަލުވުމުގެ މަރުހަލާގެ ކަންކަން ވިލަރެސް ކުރުމަށް އެކުލަވާލި އިންތިޤާލީ ކޮމެޓީން ތައްޔާރު ކޮށްފައިވާ ރިޕޯޓް، އިންތިޚާބީ ކައުންސިލަރުންނަށް ހަވާލު ކޮށްފައިވެއެވެ. 

ފައިނު ކައުންސިލްގެ 4 ވަނަ ދަޢުރަށް އިންތިޚާބު ވެފައިވާ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު 2021 މެއި 17 ވާ ހޯމަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ