މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ހާލަތު ގޯސްވެ ރ. އަތޮޅުގައިވެސް ޕީސީއާރު ޓެސްޓް ހެދޭގޮތް ހަދަނީ

ކޮވިޑް19 ބަލި ހުރިތޯ ބެލުމަށް ހަދާ ޕީސީއާރ ޓެސްޓް ރ. އަތޮޅުންވެސް ހެދޭނެ އިންތިޒާމް ހަމަޖެއްސުމަށް ހަމަޖެހިފައިވާކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ކޮވިޑް19 ގެ ފަހުގެ މަޢުލޫމާތުތައް ދިނުމަށް މިއަދު ހަވީރު ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މަބުރޫކް ވިދާޅުވީ ރާއްޖޭގައި ކޮވިޑަށް ޓެސްޓު ކުރެވޭ ކެޕޭސިޓީ އިތުރު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެ ގޮތުން ރ. އަތޮޅު، ޅ. އަތޮޅު، ގދ އަތޮޅު އަދި ލ އަތޮޅުގައި ޕީސީއާރް ޓެސްޓު ކުރެވޭ ފެސިލިޓީތަކެއް ޤާއިމުކުރުމަށް ވަނީ ނިންމާފައި ކަމަށެވެ. 

މަބުރޫކް ވިދާޅުވިގޮތުގައި ޕީސީއާރް ޓެސްޓުކުރުމަށް ލެބޯޓަރީ ޓެކްނިޝަނުން ތަމްރީނުކުރުމަށް ޕީސީއާރް ފެސިލިޓީ ޤާއިމުކުރާ ރަށްރަށުން ތަމްރީނު ފުރިހަމަ ކުރުމަށް ބޭނުންވާ ޓެކްނިޝަނުންގެ ނަން ފޮނުވުމަށް މިހާރު ވަނީ އަންގާފައެވެ.

ކޮވިޑް19 ރާއްޖެއިން ފެނުނު ފަހުން ގިނަ ދުވަސްތަކެއް ވެފައިވާއިރު އަތޮޅުތަކުން ޕީސީއާރް ޓެސްޓް ހެދޭނެ ގޮތެއް މިހާތަނަށް ވެސް ހަމަ ނުޖައްސާ އޮތުމުން ގިނަ ފަރާތްތަކަކުން އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
100%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ