މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިންޓަނެޓް

6 އަހަރުގެ ކުއްޖަކު ޕޮޒިޓިވްވެ އަލިފުށި މޮނީޓަރިންއަށް ލައިފި

ކޮވިޑް19 އަށް އަލިފުށިން ކަރަންޓީނުގައި ނެތް މީހަކު ޕޮޒިޓިވްވެ ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އެރަށް މޮނިޓަރިންއަށް ލައިފިއެވެ.

މިކަމާއި ގުޅޭގޮތުން އަލިފުށި ޞިއްޙީ މަރުކަޒަށް ގުޅާލުމުން، ވިދާޅުވީ، ޕޮޒިޓިވް ވެފައިވަނީ، އެރަށު 6 އަހަރުގެ ކުޑަ ކުއްޖެއް ކަމަށެވެ. 

އަދި މި ކުއްޖާއަކީ މި ފަހުން އެއްވެސް ރަށަކަށް ދަތުރު ކޮށްފައިވާ ކުއްޖެއް ނޫން ކަމަށާއި، މި ކުއްޖާ ޓެސްޓް ކޮށްފައިވަނީ އަލާމާތްތައް ފެނިގެން ކަމަށެވެ. އަލިފުށި ޞިއްޙީ މަރުކަޒުން ވިދާޅުވީ، ބަލި ޖެހުނު ގޮތެއް އަދި ސާފު ނުވާ ކަމަށާއި މިވަގުތު ކުރިޔަށް ދަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކަމަށެވެ. 

ކަރަންޓީންގައި ނެތް ފަރާތްތަކެއް ޕޮޒިޓިވްވެ ރ. އަތޮޅުގެ ޖުމުލަ 5 ރަށެއް މިހާރު ވަނީ މޮނިޓަރިންއަށް ލާފައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ