މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: މާލިކް

ކޮވިޑާއި ގުޅިގެން އިނގުރައިދޫގައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމައިފި

ރާއްޖޭގެ ރަށްތަކުގައި ކޮވިޑް19 ހަލުވިކަމާއެކު ފެތުރެމުންދާތީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އިނގުރައިދޫ ކައުންސިލުން އަޅާފައިވާ ފިޔަވަޅުތަށް އިތުރަށް ހަރުކަށި ކޮށްފިއެވެ.

ކޮވިޑާއި ގުޅިގެން އިނގުރައިދޫގައި އުފައްދާފައިވާ އިނގުރައިދޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މަޢުލޫމާތު ދެއްވި ގޮތުގައި، މިއަދު ފެށިގެން ގެނައި ބަދަލުތަކުގެ ތެރޭގައި، މީހުން ދިރިއުޅޭ ގޭގޭގައި ކަރަންޓީނުވުމަށް ހުއްދަދެވޭ އުސޫލުތައް ހަރުކަށިކޮށް އުސޫލުތަކަށް ވަނީ ބަދަލު ގެނައުން ހިމެނެއެވެ. 
އެގޮތުން، މީހުން ދިރިއުޅޭ ގޭގޭގައި ކަރަންޓީނުވުމަށް ހުއްދަ ދެވޭނީ، ކަރަންޓީނުވުމަށް ކަނޑައެޅިފައިވާ ތަނެއް ކައުންސިލުން ބަލައި ފާސްކުރެވި އަދި އެތަނަކީ ފްލައިވުޑް ފިލައިން ޕާޓިޝަން ޖަހައި ގޭގައި ދިރިއުޅޭ މީހުންނާއި ވަކިން ހެދިފައި ހުންނަ ތަނެއް ކަމަށްވާނަމަ ކަމުގައި ވިދާޅުވިއެވެ. 
 
މީގެ އިތުރުން، ކަރަންޓީނުގައި ހުންނަ ފަރާތްތަކަށް ޒިޔާރަތް ނުކުރުމާއި ޟަރޫރީ ބޭނުމެއްގައި ޒިޔާރަތް ކުރަންޖެހިއްޖެނަމަ އެއްބޭފުޅަކު ދިއުން އަދި ޤަވާއިދަށް ޢަމަލުކުރުމަށް ހަނދާން ކޮށްދިނުމާއި، ގޭގޭގައި ކަރަންޓީނުގައި ތިބޭ ފަރާތްތައް ކަރަންޓީނުގެ ޤަވައިދާއި ޚިލާފުވެއްޖެނަމަ ޖޫރިމަނާކުރެވި ހަމަޖެހިފައިވާ އުސޫލުން ފިޔަވަޅު އެޅޭނެ ކަމަށްވެސް އެ ފަރާތުން މަޢުލޫމާތު ދެއްވިއެވެ. އަދި ކަރަންޓީނުގައި ހުރި ފަރާތާއި އަދި ޤަވާއިދާއި ހިލާފުވާ ޢާއްމު ފަރާތާއިމެދުވެސް އެފަދަ ހާލަތުގައި ފިޔަވަޅު އެޅޭނެކަމަށް ވިދާޅުވެފައިވެއެވެ. 
 
އަދި، މާސްކު ނާޅާ ބޭރުގައި އުޅޭ ފަރާތްތައް ޖޫރިމަނާކުރުމަށްވެސް އިނގުރައިދޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުންވަނީ ނިންމަވާފައެވެ. ކޮވިޑް19 ރާއްޖޭގައި ފެތުރޭ މިންވަރު އިތުރުވެ މިހާރުވެސް 70 އަށްވުރެ ގިނަ ރަށް އޮތީ މޮނިޓަރިންގައެވެ. އަދި ރ. އަތޮޅުގެވެސް 5 ރަށެއް މިވަގުތު އޮތީ މޮނިޓަރިންގައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ