މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

އުނގޫފާރު މޮނިޓަރިންއަށް ލައިފި

ރެންޑަމް ސާމްޕަލެއް ޕޮޒިޓިވްވެ ރ. އުނގޫފާރު އަނެއްކާވެސް މޮނިޓަރިންއަށް ލައިފިއެވެ.

އުނގޫފާރު މީގެ ކުރިން ވެސް މޮނިޓަރިންއަށް ލާފައި އޮތުމަށްފަހު މީގެ 2 ދުވަސް ކުރިން ވަނީ މޮނިޓަރިން ހާލަތުން ނަގާފައެވެ. ނަމަވެސް، މޮނިޓަރިންއިން ނެގިތާ 24 ގަޑިއިރު ނުވަނީސް އިތުރު ރެންޑަމް ސާމްޕަލެއް އެރަށުން ޕޮޒިޓިވް ވިއެވެ. މި ކޭސްއާއި ގުޅިގެން އިއްޔެ އުނގޫފާރު މޮނިޓަރިންއަށް ލާނެ ކަމަށް ބެލެވުނު ނަމަވެސް އިއްޔެ އެރަށް މޮނިޓަރިންއަށް ލާފައެއް ނުވެއެވެ.

މޮނިޓަރިން އުވާލުމަށް ރެންޑަމްކޮށް ނެގި ހުރިހާ ސާމްޕަލެއްގެ ނަތީޖާ ނުލިބެނީސް އެރަށް މޮނިޓަރިންއިން ނެގުމާއި ގުޅިގެން އާންމުގެ އެކި ފަރާތްތަކުން އަންނަނީ އެކަމާއި މެދު ސުވާލު އުފައްދަމުންނެވެ. 

އެހެންކަމުން މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފު ކުރުމަށް ފައިނު އޮންލައިންގެ ފަރާތުން، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޕަބްލިކް ރިލޭޝަން އޮފިސަރ ޙަސަން ފަޒީލަށް ގުޅާލުމުން ވިދާޅުވީ، ކޮމިއުނިޓީގެ ތެރެއިން ޕޮޒިޓިވް ކޭސްއެއް ފެނިއްޖެ ނަމަ އެރަށެއް މޮނިޓަރިންއަށް ލާ ކަމަށާއި، އެގޮތަށް ޕޮޒިޓިވް ވާ ފަރާތަކާއި ޑައިރެކްޓް ކޮންޓެކްޓް ވާ ފަރާތްތަކުގެ ސާމްޕަލްތައް ނެގެޓިވް ވެއްޖެނަމަ، ވަކި އަދަދަކަށް ރެންޑަމް ސާމްޕަލް ނަގާ ކަމަށެވެ. އެގޮތުން އާންމުކޮށް އުނގޫފާރުން ނަގަނީ 100 ރެންޑަމް ސާމްޕަލް ކަމަށާއި އެ އަދަދަކީ ރަށުގެ އާބާދީއަށް ބަލާފައި ކަނޑައަޅާފައި އޮންނަ އަދެއްކަމަށް ޤަބޫލު ކުރެވޭ ކަމަށް ވިދާޅުވިެއެވެ. 

އަދި އެގޮތަށް ނެގޭ 100 ސާމްޕަލް ނެގެޓިވް ވެއްޖެނަމަ މޮނިޓަރިން ހާލަތުން ރަށް ނަގާ ކަމަށެވެ. އެގޮތުން، މިފަހަރު ވެސް އުނގޫފާރުން ފުރަތަމަ ނެގުނު 100 ސާމްޕަލް ނެގެޓިވް ވުމުން ރަށް މޮނިޓަރިންއިން ނެގީ ކަމަށާއި، ނަމަވެސް، މިފަހަރު މޮނިޓަރިންއަށް ދާންޖެހުނީ އެ 100 ސާމްޕަލްގެ އިތުރަށް ނެގި ބައެއް ސާމްޕަލްތަކުގެ ތެރެއިން ސާމްޕަލެއް ޕޮޒިޓިވް ވުމުން ކަމަށެވެ.

މިލިޔުން ކިޔާލުމުން

20%
އުފާވި
40%
ދެރަވި
20%
ހިނިއައި
20%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ