މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

އަލިފުށިން މިއަދު އެކަނިވެސް 12 މީހުން ޕޮޒިޓިވް ވެއްޖެ

އަލިފުށިން މިއަދު އެކަނިވެސް 12 މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އަލިފުށީގެ އެންމެ ފަހުގެ މަޢުލޫމާތު ސާފުކޮށްލުމަށް ފައިނު އޮންލައިންގެ ފަރާތުން އަލިފުށީ ޞިއްޙީ މަރުކަޒުގެ އިންފޮމޭޝަން އޮފިސަރާއި ގުޅޭލުމުން ވިދާޅުވީ، މިއަދު އެކަނިވެސް 12 މީހުން އެރަށުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ. 
އޭނާ ވިދާޅުވީ، ކޮންމެ ދުވަހަކު ވެސް އެވަރެޖްކޮށް 20 ވަރަކަށް ސާމްޕަލް ނެގޭ ކަމަށެވެ. އަދި އެއީ މުޅިންވެސް ޑައިރެކްޓް ކޮންޓެކްޓުންނާއި އަލާމާތްތައް ފެންނަ ފަރާތްތަކުން ނަގާ ސާމްޕަލް ކަމަށް މަޢުލޫމާތު ދެއްވިއެވެ. 

އޭނާ ވިދާޅުވީ، އެރަށުން މިހާރު ޖުމުލަ 37 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ނަމަވެސް، އެއްވެސް ފަރާތެއްގެ ހާލަތު ގޯސްވެގެން މަރުކަޒުގައި މިހާތަނަށް ފަރުވާދެމުން ނުދާކަމަށް ވިދާޅުވިއެވެ. 

އަލިފުށިން ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވް ވުމާއި ގުޅިގެން ގާތްގަނޑަކަށް ރަށުގެ އެންމެން ތިބީ ކަރަންޓީނުގައެވެ. އޭނާ ވިދާޅުވީ، ކަރަންޓީނުގައި ތިބޭ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށާއި އެނޫންވެސް މަސައްކަތްތަކުގައި ޓާސްކްފޯސްއިން ހަރަކާތްތެރި ވަމުން އަންނަކަމަށެވެ. 

މިމަހު 24 ގައި އަލިފުށިން ވަނީ 6 އަހަރުގެ ކުޑަ ކުއްޖަކު ޕޮޒިޓިވް ވެފައެވެ. އަދި އެ ކޭސްއާއި ގުޅުންހުރި އިތުރު ގިނަ ކޭސްތަކެއް މިހާރު ފެނިފައިވާއިރު އެރަށް އޮތީ އަދިވެސް މޮނިޓަރިންގައެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ