މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

އަލިފުށިން މިއަދުގެ މިހާތަނަށް 14 މީހަކު ޕޮޒިޓިވް ވެއްޖެ

ރ. އަލިފުށިން މިއަދު އެކަނިވެސް 14 މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިއަދުގެ މިހާތަނަށް އެރަށުން ޕޮޒިޓިވްވި މީހުންނާއިއެކު މިހާރު އެރަށުން ޖުމުލަ 64 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.

އަލިފުށިން ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވް ވުމާއި ގުޅިގެން ގާތްގަނޑަކަށް ރަށުގެ އެންމެން ތިބީ ކަރަންޓީނުގައެވެ. ކަރަންޓީނުގައި ތިބޭ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށާއި އެނޫންވެސް މަސައްކަތްތަކުގައި ޓާސްކްފޯސްއިން ހަރަކާތްތެރި ވަމުންދެއެވެ.

މިމަހު 24 ގައި އަލިފުށިން ވަނީ 6 އަހަރުގެ ކުޑަ ކުއްޖަކު ޕޮޒިޓިވް ވެފައެވެ. އަދި އެ ކޭސްއާއި ގުޅުންހުރި އިތުރު ގިނަ ކޭސްތަކެއް މިހާރު ފެނިފައިވާއިރު އެރަށް އޮތީ އަދިވެސް މޮނިޓަރިންގައެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
100%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ