މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އެމްޓީސީސީ

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް ނިމިއްޖެ

ރ. ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތް 14 ޖޫން 2021 ވަނަ ދުވަހު ނިމިއްޖެކަމަށް މި މަޝްރޫޢުއާއި ހަވާލުވި އެމްޓީސީސީން ބުނެފިއެވެ.

އެ ކުންފުނިން ބުނީ، ދުވާފަރުގައި މިހާރު ކުރިއަށްދަނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކަމަށެވެ. 

އެމްޓީސީސީގެ ކޮންނަ ބޯޓް މަހާޖައްރާފްގެ އެހީގައި ބިން ހިއްކި މި މަޝްރޫޢުގެ ދަށުން، 22.2 ހެކްޓަރުގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 423 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 70 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ހިމެނެއެވެ. އަދި މި މަޝްރޫޢަކީ 143.11 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. 

މި މަޝްރޫޢު ނިމުމާއިއެކު، މިހާރު ދުވާފަރު ވެފައިވަނީ، ރ. އަތޮޅުގައި އޮތް އެންމެ ބިންބޮޑު ރަށަށެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ