މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ކިނޮޅަހު ރައްޔިތުންގެ ފަރާތުން ފައިނު ރައްޔިތުންނަށް ކަނޑުމަސް ހަދިޔާ ކޮށްފި

ކިނޮޅަހު ރައްޔިތުންގެ ފަރާތުން ފައިނުގެ ރައްޔިތުންނަށް މަސް ހަދިޔާ ކޮށްފިއެވެ.

މިކަމުގައި އިސްކޮށް އުޅުނު ފަރާތަކުން ބުނީ، މިއީ ކޮވިޑް19 ގެ ކޭސްއެއް ފެނި ފައިނު ރައްޔިތުން މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން ރަށު ބަންދުގައި ތިބެން ޖެހިފައިވާތީ، މި ދަތި ދަނޑިވަޅުގައި ފައިނުގެ ރައްޔިތުންނަށް ހިތްވަރު ދިނުމުގެ ގޮތުން ކުރި ހަދިޔާއެއް ކަމަށެވެ. 

ކިނޮޅަހު ރައްޔިތުންގެ ފަރާތުން ގިނަ ޢަދަދެއްގެ ރޯމަސް ހަދިޔާ ކޮށްފައިވާއިރު، ފައިނުގައި މީހުން ދިރިއުޅޭ ހުރިހާ ގޭބިސީއަކަށް ބެހުމުގެ މަސައްކަތް ފައިނު ޓާސްކްފޯސްއިން މިހާރުދަނީ ކުރަމުންނެވެ. 

ކިނޮޅަހުން ދިން އެހީތެރިކަން ފާހަގަކޮށް ފައިނު ކައުންސިލުންވަނީ ކިނޮޅަހު ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ