މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އަލިފުށީ ކައުންސިލް

އަލިފުށި ރައްޔިތުންނަށް ބިގޭގެ ފަރާތުން ބައިލައްކަ ރުފިޔާ ހަދިޔާކޮށްފި

ރ. އަލިފުށީގެ ކޮވިޑް19 ގެ ހާލަތާއި ގުޅިގެން، އަލިފުށީ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ރަޝީދު (ބިގޭ) 50،000 ރުފިޔާގެ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އަލިފުށީ ކައުންސިލުން ބުނެފައިވަނީ، އަލިފުށީގައި ކޮވިޑް19 ގެ ބަލިމަޑުކަމުގެ މި ނުތަނަވަސް ދަނޑިވަޅުގައި އަލިފުށީގެ ރައްޔިތުންނަށް ޒަރޫރީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކައުންސިލަށް 50،000.00 ރުފިޔާ، އެ ދާއިރާގެ ރައްޔިތުންގެ ނަމުގައި، އެ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) ޖަމާކޮށްދެއްވާފައިވާ ކަމަށެވެ. 

އެހެންކަމުން ކައުންސިލާއި ރައްޔިތުންގެ ނަމުގައި އަލިފުށި ކައުންސިލުންވަނީ އަލިފުށި ދާއިރާގެ ރައްޔިތުންނަށާއި ބިގޭއަށް ޝުކުރު އަދާ ކޮަށްފައެވެ. 

ރަމްޒީގޮތުން މި އެހީ ކައުންސިލާއި ހަވާލު ކުރުން އޮތީ މިއަދު އަލިފުށީ ކައުންސިލް އިދާރާގައެވެ. 

އަލިފުށިން ކޮވިޑް19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނި އެރަށް މޮނީޓަރިންގައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެރަށުގެ ޕޮޒިޓިވް އަދަދު އުޅެނީ 200 އިން މަތީގައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ