މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިސްމާޢީލް ޝަފީޢު

ނަފްރަތުގެ އަމަލު ހުއްޓުވުމުގެ ބިލާއި ގުޅިގެން ފައިނު ކައުންސިލުން ބަޔާނެއް ނެރެފި

ޤާނޫނުލްއުގޫބާތަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހާއި ގުޅޭގޮތުން ފައިނު ކައުންސިލުން ބަޔާނެއް ނެރެފިއެވެ.

ފައިނު ކައުންސިލުން މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުން ޤާނޫނުތައް ހެދުމުގައްޔާއި ޤާނޫނުތައް އިސްލާޙް ކުރުމުގައި އަމަލު ކުރަމުންދާ ގޮތަކީ، ހުށަހެޅިފައިވާ ޤާނޫނަކާއި ގުޅުންހުރި ފަރާތްތަކުގެ މަޝްވަރާއާއި ލަފާ ހޯދުމާއި، ބިނާކުރަނިވި މަޝްވަރާތަކަށްފަހު ޤާނޫނުތައް ފާސްކުރުން ކަމުގައި ފައިނު ކައުންސިލުން ދެކޭ ކަމަށެވެ. 

އެހެންކަމުން، ޤާނޫނުލްއުގޫބާތަށް ހުށަހެޅިފައިވާ އިސްލާހާއި ގުޅިގެން ދީނީ ޢިލްމުވެރިންނާއި އާންމު ރައްޔިތުންގެ ކަންބޮޑުވުންތައް ހުރީތީ، މި ބިލާއިމެދު ފުޅާ ދާއިރާއެއްގައި ލަފާ ހޯދުމަށާއި، ކަންބޮޑުވުންތަކަށް ހައްލު ލިބިގެންދާނޭ ގޮތެއްގެމަތިން ކުރިޔަށް ގެންދިޔުމަށް ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މެންބަރުންނަށް އިލްތިމާސް ކުރާކަމަށް ފައިނު ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ. 

ބިލްގައި ހިމަނާފައިވާ ބައެއް މާއްދާތަކާއި ގުޅޭގޮތުން، ދީނީ ޢިލްމުވެރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ މި ދަނޑިވަޅުގައި ރ. އަތޮޅުން މި ބިލާއި ގުޅޭގޮތުން ބަޔާން ނެރެފައިވާ ކައުންސިލްތަކަކީ، އަލިފުށި، ހުޅުދުއްފާރު, ވާދޫ، އަނގޮޅިތީމް، ރަސްގެތީމް، އުނގޫފާރު، ދުވާފަރު، މާކުރަތް، ރަސްމާދޫ، އިނގުރައިދޫ، ފައިނު، ކިނޮޅަސް، މީދޫ އަދި މަޑުއްވަރިއެވެ.

މި ބިލްގެ މައްސަލަ ހޫނުވެ، ބިލް އަނބުރާ ނެގުމަށް 101 ދީނީ ޢިލްމުވެރިންގެ ފަރާތުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ޕެޓިޝަނެއް ވެސް ވަނީ ހުށަހަޅާފައެވެ. 
 
ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން އިސްނަގައިގެން ހުށައަޅާފައިވާ ޕެޓިޝަންގައި ބުނެފައިވަނީ ސަރުކާރުން ހުށައަޅާފައިވާ ބިލުގެ ސަބަބުން މުޖުތަމަޢުގައި އިސްލާމްދީނާއި ދެކޮޅަށް ހިންގާ ބޮޑެތި މުންކަރާތްތަކާއި ގުޅިގެން އެކަންކަމަކީ ނުރަނގަޅު ގޯސް ކަންތައްތައް ކަމާއި އެކަންކަމުގެ ތެރެއަށް ނުވަނުމަށް ގޮވާލާއި އާންމުން ހޭލުންތެރި ކުރުމަށް ދީނީ ޢިލްމުވެރިންނާއި އެނޫން ރައްޔިތުންނަށްވެސް ހުރަސް އެޅިގެންދާނެކަމަށެވެ.
 
މީގެ އިތުރުން އިސްލާމްދީނާއި ދެކޮޅު ސެކިއުލަރ ފިކުރު ރާއްޖޭގައި ފަތުރަން މަސައްކަތް ކުރާ މީހުންނާއި ދެކޮޅަށް އިސްލާމްދީނުގެ ޣީރަތްތެރިކަން ހުންނަ މީހަކު ބުނާ ބަހެއްގެ ސަބަބުންވެސް އެމީހަކާއި މެދު ފިޔަވަޅު އެޅި އަދަބު ލިބޭނެ ގޮތަށް އެ ބިލު އޮތުމުން ޢިލްމުވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
 
ނަމަވެސް، މަޖިލީހުގެ ގިނަ މެންބަރުންތަކެއް ވަނީ މި ބިލަށް ތާޢިދު ކުރައްވާފައެވެ. އަދި ބިލް މަޖިލީހަށް ބަލައިގަތީ ބިލުގައި ހުރި ބައެއް ކަންކަން އިސްލާހު ކުރުމަށް މަގުފަހި ކުރުމުގެ ގޮތުންކަމަށްވެސް ބައެއް މެންބަރުންވަނީ ވިދާޅުވެފައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

1 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ރައްޔިތެއް 2 years ago

ސަލާމް ޖަހައިގެންވެސް ނެރުނީތީވެސް ޝުކުރިއްޔާ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ