މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ކޮވިޑަށް ޕޮޒިޓިވްވެ ރަނގަޅުވާ މީހުންނަށް ކަރަންޓީންނުވެ ދަތުރު ކުރެވޭގޮތް ހަދައިފި

ކޮވިޑް19 އަށް ޕޮޒިޓިވްވެ ބަލިން ރަނގަޅުވާ ފަރާތްތަކަށް، ކަރަންޓީން ވުމަކާއިނުލާ ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ދަތުރު ކުރެވޭގޮތަށް ހަދައިފިއެވެ.

މިކަން އިޢުލާން ކުރައްވާފައިވަނީ މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. 

ރައީސް ޞާލިޙް ވިދާޅުވީ، ކޮވިޑްގެ ހާލަތު ރަނގަޅުވަމުންދާތީ ދޭން ނިންމި ލުއިތަކުގެ ތެރޭގައި، ކޮވިޑަށް ޕޮޒިޓިވްވެ ބަލިން ފަސޭހަވުމަށްފަހު ކުރިޔަށް އޮންނަ 60 ދުވަހުގެ ތެރޭގައި، ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ކަރަންޓީން ނުވެ ދަތުރު ކުރެވޭގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. 

މި ހުއްދައަކީ، ކުރިންވެސް އެއްފަހަރު ދީފައިވާ ހުއްދައެކެވެ. ނަމަވެސް، ކޮވިޑްގެ އިތުރު ވޭރިއެންޓްތަކެއް ފެނުމާއި ގުޅިގެން، ބަލިން ފަސޭހަވެގެން ކަރަންޓީން ނުވެ ރަށްރަށަށް ދަތުރު ނުކުރެވޭގޮތް ފަހުން ވަނީ ހަމަޖައްސާފައެވެ. 

މިއަދު އިޢުލާންކުރި ލުއިތަކަށް އަމަލު ކުރަން ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 1 ވަނަ ދުވަހުން ފެށިގެނެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
100%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ