މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ރ. މީދޫން އިތުރު 6 މީހަކަށް ކޮވިޑް ޖެހިއްޖެ

ރ. މީދޫން އިތުރު 6 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މިއަދު ޕޮޒިޓިވް ވެފައިވަނީ ކުރިން ޕޮޒިޓިވް ވެފައިވާ އެރަށު ހަޒާރު ބޯޓުގެ ފަޅުވެރިންނާއި ގާތުން ބައްދަލުވި 5 މީހަކާއި ބަލީގެ ޢަލާމާތްތައް ފެންނާތީ ޓެސްޓުކުރި މީހެކެވެ. 

އެހެންކަމުން ހަޒާރު ބޯޓްގެ ކްލަސްޓާއާއި ގުޅިގެން އެރަށުން ޖުމުލަ 10 މީހަކު މިހާރު ވަނީ ޕޮޒިޓިވް ވެފައެވެ. އެ ބޯޓުގެ ފަޅުވެރިންތަކެއް ޕޮޒިޓިވް ވުމާއި ގުޅިގެން މިހާރު އެރަށް އޮތީ މޮނިޓަރިން ހާލަތުގައެވެ. 

މީދޫ ޞިއްޙީ މަރުކަޒުން ބުނެފައިވަނީ، އަލަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްދަނީ ކުރެވެމުންނެވެ. މި ނަތީޖާތަކާއިއެކު މިހާރު ބަލިމީހުންގެ ޖުމްލަ ޢަދަދަކީ 13 އެވެ. ބަލިން ރަނގަޅުވެފައިވާ މީހުންގެ ޖުމްލަ ޢަދަދަކީ 14 އެވެ.  މިހާތަނަށް ޖުމްލަ ޕޮޒިޓިވްވި މީހުންގެ ޢަދަދަކީ 27 އެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ