މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ޢަބްދުﷲ ޢަލީ

ޔޫތު ސްޓަރގެ ފަރާތުން އުނގޫފާރު ސްކޫލަށް ފުރިހަމަ ބެލެނިވެރިންގެ ހިޔާއެއް!

ރ. އުނގޫފާރުގައި ހަރަކާތްތެރިވާ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ ކުލަބް ޔޫތް ސްޓަރގެ ފަރާތުން އުނގޫފާރު ސްކޫލްގައި ބެލެނިވެރިންގެ ހިޔާއެއް އަޅައިދީފިއެވެ.

ޔޫތު ސްޓަރއިން ބުނެފައިވަނީ، އުނގޫފާރު ސްކޫލުގައި ތަޢުލީމު ހާސިލްކުރާ ދަރިވަރުންނާއި ބެލެނިވެރިން ސްކޫލް ކައިރީ އަވީގައި ތިބެންޖެހިފައިވާ މައްސަލަ ހައްލު ކުރުމަށް، ބެލެނިވެރިންގެ ހިޔާއެއް ޤާއިމް ކުރުމާއި ގުޅޭގޮތުން މަޝްވަރާތައް ފެށި އެކިއެކި ކުރެހުންތައް ބަލާ އެކަމަށް ފަންޑު ހޯދުމުގެ މަސައްކަތް މީގެ 2 އަހަރެއް ކުރިން ފެށުނު ކަމަށެވެ. 
މިތަން ތައްޔާރު ކޮށްފައިވަނީ ސްކޫލްގެ ބެސްޓްއޯލްރައުންޑާއި ވެރިންގެ ފޮޓޯތައްވެސް ހިމެނޭގޮތަށް - ފޮޓޯ: ޢަބްދުﷲ ޢަލީ
އެގޮތުން، ސައިފް ޕްރީ ސްކޫލާއި ކައިރިން އުނގޫފާރު ސްކޫލްގެ ކަންމަތީ މި ތަން ހަދަން ނިންމާ 2019 އޭޕްރީލް 05 ވަނަ ދުވަހު މި މަސައްކަތުގެ އަމަލީ މަސައްކަތް ފެށުނު ކަމަށް ޔޫތް ސްޓާއިން މަޢުލޫމާތު ދެއެވެ. 
ޔޫތު ސްޓަރއިން ބުނެފައިވަނީ، މި ޕްރޮޖެކްޓަށް ބޭނުންވާ ފައިސާގެ 40 އިންސައްތަ ހަމަޖައްސަވައިދެއްވީ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދާއި އުނގޫފާރު ކައުންސިލުން ކަމަށެވެ. އަދި ބާކީ 60 އިންސައްތަ ފައިސާ ޚަރަދު ކޮށްފައިވަނީ ޔޫތް ސްޓަރއިން ކަމަށެވެ. 
އުނގޫފާރު ސްކޫލްގެ ބެެނިވެރިންގެ ހިޔާ - ފޮޓޯ: ޢަބްދުﷲ ޢަލީ
މި ބެލެނިވެރިންގެ ހިޔާ ތައްޔާރު ކޮށްފައިވަނީ ވަރަށްވެސް ފުރިހަމަކޮށް ތިމާވެއްޓާއި ރައްޓެހި ގޮތަކަށެވެ. އަދި ސްކޫލްގެ ބެސްޓްއޯލްރައުންޑާއި ސްކޫލްގެ ވެރިންގެ ގޮތުގައި މަސައްކަތް ކުރެއްވި ފަރާތްތަކުގެ ފޮޓޯ މި ހިޔާގައި ފެންނާނެހެން ބަހައްޓާފައިވެއެވެ. މި ތަން ރަސްމީކޮށް އިފްތިތާޙް ކުރުމުގެ ހަފްލާ ރޭ ވަނީ އެރަށުގައި ކުރިޔަށް ގެންގޮސްފައެވެ. މި ހަފްލާގައި މި ހިޔާ އިފްތިތާޙް ކޮށްދެއްވީ އުނގޫފާރު ކައުންސިލްގެ ރައީސްގެ މަޤާމުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކޮށްދެއްވާފައިވާ ޢަބްދުއް ނާޞިރެވެ.

ކުލަބް ޔޫތު ސްޓަރއަކީ 25 އަހަރުގެ ދިގު މުއްދަތެއްގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ އަދި ކުރަމުންދާ ޖަމްޢިއްޔާއެކެވެ.

ގުޅުންހުރި ފޮޓޯ ގެލެރީ

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ