މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ރ. މީދޫގެ އެކްޓިވް ކޭސްގެ އަދަދު 43 އަށް!

ކޮވިޑް19 ރ. މީދޫއިން ފެނި އެބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން އެކްޓިވް ކޭސްގެ ގޮތުގައި 43 މީހަކު އެބަތިއްބެވެ.

މީދޫ ޞިއްޙީ މަރުކަޒުން އާންމު ކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، މިއަދާއި ހަމައަށް އެރަށުން ޖުމުލަ 1397 ސާމްޕަލް ނަގާފައިވެއެވެ.  މީގެ ތެރޭގައި ކޮވިޑް19 ރާއްޖެއިން ފެނުމާއި ހަމައިން ހޯމް ކަރަންޓީނުން ރިލީސް ކުރުމަށް ނެގިފައިވާ ސާމްޕަލްތައްވެސް ހިމެނެއެވެ. 

އެރަށުން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު އުޅެނީ 59 ގައެވެ. އޭގެ ތެރޭގައިވެސް ހޯމް ކަރަންޓީނަށް އެރަށަށް ގޮސްތިބި މީހުންވެސް ހިމެނެއެވެ. 

އެރަށުން މުޖުތަމަޢުގެ ތެރެއިން ޕޮޒިޓިވް ކޭސްތަކެއް ފެނުމުން އެރަށް ދެވަނަ ފަހަރަށް މޮނިޓަރިންއަށް ލާފައިވާއިރު އިއްޔެ އެކަނިވެސް އެރަށުން 10 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއެވެ. 

އެރަށުން އެކި ދުވަސްމަތިން ގިނަ ސާމްޕަލްތަކެއް ދަނީ ނަގަމުންނެވެ. އެގޮތުން، ޖުލައި 7 ވަނަ ދުވަހު ނެގި ސާމްޕަލްތައް ޓެސްޓުކުރުމަށް އިއްޔެ މާލެ ފޮނުވާލެވިފައިނުވާތީ، މިއަދު އެއްވެސް ނަތީޖާ އެއް ނުލިބޭނެކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
100%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ