މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ޢީދުބަންދުގައި ޔޫއާރުއެޗްގެ އޯޕީޑީ ޚިދުމަތް ދޭގޮތް އާންމުކޮށްފި

މިނިވަންދުވަހާއި ޢީދުބަންދާ ގުޅިގެން ބަންދުވާ ދުވަސްތަކުގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގޮތްތައް އާންމު ކޮށްފިއެވެ.

އެގޮތުން މިމަހުގެ 18, 21، 24، 25، 28 އަދި 31 ގައި އެ ހޮސްޕިޓަލްގެ އޯޕީޑީގެ ޚިދުމަތް ލިބޭނެކަމަށް އެ ހޮސްޕިޓަލުން އާންމުކޮށްފައިވާ އެންގުމުގައިވެއެވެ.

މީގެ އިތުރުން, މޮނިޓަރިން ހާލަތުގައި އޮތް ރަށްރަށުން ޑޮކްޓަރަށް ދައްކަން ދާ ފަރާތްތަކަށްވެސް ޑޮކްޓަރަށް ދެއްކުމަށް ހާއްސަ ގަޑިތަކެއް ވަނީ ހަމަޖައްސާފައެވެ.

އެގޮތުން، މޮނިޓަރިންގައިވާ ރަށްރަށުގެ ފަރާތްތަކަށް އެޕޮއިންޓްމެންޓް ދޫކުރާނީ މެންދުރު 2 ގެ ފަހުން ތިއްބަވާ ޑޮކްޓަރުންނަށްކަމަށްވެސް އެ އެންގުމުގައިވެއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަކީ ރ. އަތޮޅުގެ ރަށްތަކުގެ އިތުރުން ގިނަ އަތޮޅުތަކަކުން ޚިދުމަތް ހޯދާ ހޮސްޕިޓަލެކެވެ.

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ