މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ޕީ.ޕީ.އެމް ޓިކެޓްގައި ފައިނު ކައުންސިލަށް ވާދަކުރާ 3 ފަރާތެއް ޔަޤީން ވެއްޖެ

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ފައިނު ކައުންސިލަށް އަންހެނުންނަށް ޚާއްޞަކޮށްފައިވާ 2 ގޮނޑީގެ އިތުރުން ދެން ބާކީ 3 ގޮނޑިއަށް ޕީ.ޕީ.އެމްގެ ޓީކެޓްގައި ވާދަކުރާ ކެނޑިޑޭޓުން ޔަޤީންވެއްޖެއެވެ. 

ޕީ.ޕީ.އެމްގެ ފަރާތުން މި 3 ގޮނޑީގެ ތެރެއިން ކައުންސިލްގެ ރައީސްގެ މަޤާމަށް ވާދަކުރަނީ މިހާރުވެސް ކައުންސިލްެގެ ރައީސްގެ މަޤާމްގައި ހުރި އިބްރާހީމް ނާޞިރު (ފަޒާ) އެވެ. އަނެއް 2 ގޮނޑިއަށް ވާދަކުރަނީ، މިހާރު ކައުންސިލްގެ ނާއިބު ރައީސްގެ މަޤާމްގައިހުރި އިބްރާހީމް ޢުމަރު މަނިކު (ވީސަންގެ) އާއި ޢަބްދުލް ހަންނާނު ޢަބްދުއްރަޙްމާން (ރޯޒަރީގެ) އެވެ. 

މި 3 ފަރާތުންވެސް ވާދަކުރާކަންވަނީ ކަށަވަރު ކޮށްދީފައެވެ. ނަމަވެސް އަންހެނުންނަށް ޚާއްޞަ ކޮށްފައިވާ 2 ގޮނޑިއަށް ޕީ.ޕީ.އެމް ޓިކެޓްގައި ކުރިމަތިލާ މީހުން އަދި ޔަޤީން ނުވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. 

ކައުންސިލް އިންތިޚާބް ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 4 ވަނަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ