މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގެ ޒޯން 2 ގެ ޗެމްޕިއަންކަން ރ. ދުވާފަރުން ހޯދައިފިއެވެ. ޒޯން 2 ގެ ޗެމްޕިއަންކަން ދުވާފަރުން ހޯދީ މިރޭ ނ. މަނަދޫގައި ރ. އިނގުރައިދޫއާ ކުޅެގެން 1 - 0 ގެ ނަތީޖާއަކުންނެވެ. މިރޭ ކުޅުނު މެޗްގައި ދެ ޓީމުން ވެސް ވަނީ ވާދަވެރި ކުޅުމެއް ކުޅެފައެވެ. މެޗްގެ ގިނަ ވަގުތު ގޯލެއް ނުފެނި ދިޔުމަށްފަހު ފުރަތަމަ ހާފް ނިމެންދަނިކޮށް ދުވާފަރުން ވަނީ ގޯލެއް ޖަހާފައެވެ. ދުވާފަރު ޓީމަށް...
ފީނަން ގޮސް އުޅުނު ޒުވާނެއް މަރުވެއްޖެއެވެ. މަރުވެފައިވަނީ ފީނަން ގޮސް އުޅުނު މީހެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނިޔާވެފައިވަނީ ފީނަން އުޅުމަށްފަހު އުޅަނދަށް އަރާ ހުއްޓައެވެ.އޭނާ ނިޔާވީ ށ. އަތޮޅުގައި ފީނަން އުޅެނިކޮށެވެ. ނަމަވެސް އިތުރު ޓެސްޓްތައް ހެދުމަށް މިހާރު ށ. ކޮމަންޑޫއިން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.  ނިޔާވެފައިވަނީ ލިލީމާގެ / ރ. ދުވާފަރު، މުޙައްމަދު ޝައްފާން (30އ) އެވެ.
އެފްއޭއެމް އެޓޯލް ޝެމްޕިއަންޝިޕްގެ ރ. އަތޮޅު ޗެމްޕިއަންކަން ދުވާފަރުން ހޯދައިފިއެވެ. މިއަދު އިނގުރައިދޫގައި ކުޅުނު ފައިނަލް މެޗްގައި ދުވާފަރުން ޗެމްޕިއަންކަން ހޯދީ 3-1 އިންނެވެ.މިއަދުގެ މެޗްގައި މެޗް ފެށިގެން ވެސް މޮޅަށް ކުޅެ ގިނަވަގުތު ބޯޅަ ގެންގުޅެފައިވަނީ ދުވާފަރުންނެވެ. ނަމަވެސް، ދާދި އެއްވަރެއްގެ ކުޅުމެއް އިނގުރައިދޫގެ ޓީމުން ވެސްވަނީ ދައްކާފައެވެ. މެޗްގެ ކުޅުން ފެށިގެން ފުރަތަމަކޮޅު ދުވާފަރުންވަނީ ގޯލެއް ޖަހާފައެވެ. އަދި މާގިނައިރުތަކެއް ނުވަ އިނގުރައިދޫން ވެސްވަނީ ގޯލެއް ޖަހާ ނަތީޖާ...