މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ތަފާތު އެކި ރަހަތަކާ އެކު ރަސްމާދޫ ސްކޫލްގެ "ރަސް ރަހަ" މިރޭ

ރ. ރަސްމާދޫ ސްކޫލްގެ ޕީޓީއޭއިން އިސްނަގައިގެން ކުރިއަށް ގެންދާ ހާއްސަ ޑިނަރނައިޓް "ރަސް ރަހަ" މިރޭ އޮންނާނެއެވެ.

އެ ސްކޫލުން މައުލޫމާތު ދިންގޮތުގައި މި ޑިނަރނައިޓް އޮންނާނީ މިރޭ 8:15 ގައެވެ. 

މި ޑިނަރނައިޓްގައި ތަފާތު އެކި ދިވެހި ރަހަތަކާ އެކު އަގުހެޔޮކޮށް އިންސާފުކޮށްލުމުގެ ފުރުސަތު ކޮންމެ ބޭފުޅަކަށް ވެސް އޮންނާނެކަމަށް ސްކޫލް ޕީޓީއޭ އިން ބުނެއެވެ. 
ޑިނަރނައިޓްގެ އިސްތިހާރެއް
ވޭތުވެދިޔަ އަހަރާއި ތަފާތުކޮށް މިފަހަރުގެ މި އިވެންޓުގައި ރަސްމާދޫގެ ޒުވާނުންގެ ބޮޑުބެރު އައިޓަމާ އެކު މަޝްހޫރު ލަވަކިޔުންތެރިޔާ ނަސޫހުގެ އައިޓަމްތަކެއް ވެސް ފެނިގެންދާނެކަމަށް ސްކޫލުން މައުލޫމާތު ދެއެވެ. 

މި އިވެންޓަކީ ރަސްމާދޫގެ ހުރިހާ މުއައްސަސާތަކާއި، ޒުވާނުންނާއި، އާރު.ޑީ.އޭ، ވަންދޫ ވޭސްޓް މެނޭޖްމަންޓު އަދި ދުވާފަރުގެ އެމް.ޑަބުލިޔު.އެސް.ސީގެ އެހީތެރިކަމާއި އެއްބާރުލުމާ އެކު ކުރިއަށްދާ ހަރަކާތެކެވެ.

މި ޑިނަރނައިޓުން ޕެކޭޖު ބުކުކުރުމުގެ ފުރުސަތު މިހާރު ވެސް އޮތީ ހުޅުވާލާފައެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ