މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް

ރާއްޖެއަށް މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސްކަން އިއުލާނުކޮށްފިއެވެ.

ރާއްޖޭގެ ކަލަންޑަރުގައިވާ ގޮތުން ވެސް މާދަމާ (18 ފެބްރުއަރީ 2026) އަކީ ރޯދަ މަހުގެ ފުރަތަމަ ދުވަހުއެވެ.

ރާއްޖެއަށް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމުގައި ކަނޑައަޅައި މިކަން އިއުލާނުކޮށްފައި ވަނީ، 1447 ވަނަ އަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތު ކުރުމަށް މިރޭ އިސްލާމިކް މިނިސްޓްރީން ބޭއްވި ރަސްމިއްޔާތުގައެވެ.

ހަނދާ ބެހޭ ބަޔާން އިއްވަމުން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، ޝެއިޚް އަބްދުﷲ ސައުދާން ވިދާޅުވީ، ހިޖުރީ ސަނަތުން 1447 ވަނަ އަހަރުގެ ޝައުބާން މަހުގެ 29، މީލާދީ ސަނަތުން 2026 ފެބްރުއަރީ 17 ވީ އަންގާރަ ދުވަހުގެ އިރުއޮއްސުމުގެ ފަހުން ރާއްޖެއަށާއި ބައެއް އިސްލާމީ ގައުމުތަކަށް 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެންމަތީގައި ހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުތަކުން ކަށަވަރުވެފައިވާތީ އާއި ބައެއް އިސްލާމީ ގައުމުތަކަށް 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެނުނުކަން އިތުބާރު ހުރި މަސްދަރުތަކުން ސާބިތުވެފައިވާ ކަމަށެވެ.

"އެހެން ކަމުން ރަމާޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށް ރާއްޖޭގައި އަމަލު ކުރަން ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތިން މާދަމާ މީލާދީ ސަނަތުން 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވާ ބުދަ ދުވަހަކީ ހިޖުރީ ސަނަތުން 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ 1 ވަނަ ދުވަސް ކަމުގައި ކަނޑައަޅައިފީމެވެ" ހަނދާ ބެހޭ ބަޔާން އިއްވަމުން ޝެެއިޚް ސައުދާން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ